
ހޮރްމޫޒް ކަނޑުއޮޅީގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސިފައިންގެ އުޅަނދުތަކަސް އީރާނުން ހަމަލާދީފިނަމަ "ދުނިޔެއިން ފޮހެލާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ހޮރްމޫޒް ކަނޑުއޮޅިގައި އެމެެރިކާއިން ފަށާފައިވާ "ޕްރޮޖެކްޓް ފްރީޑަމް" ގައި ހަރަކާތްތެެރިވާ އުޅަނދުތަކަށް ހަމަލާ ދީފި ނަމަ އީރާން "ދުނިޔެއިން ފޮހެލާނެ" ކަމަށެވެ.
އެމެރިކާގެ ރައީސް ބުނީސުލްހައިގެ މަޝްވަރާތަކުގައި އީރާނުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ގަބޫލު ކުރާ ކަމަށާއި އެ ސަރަހައްދުގައި އެމެރިކާ ސިފައިން ވަރުގަދަ ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
"އަހަރުމެންގެ އަތުގައި ކުރިން ހުރި މިންވަރަށް ވުރެ މަތީ ގްރޭޑްގައި ހަތިޔާރު އެބަހުރި ކަމަށް. އަހަރެމެންގެ އަތުގައި އެންމެ ރަނގަޅު އިކުއިޕްމަންޓްސް އެބަހުރި. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ހަތިޔާރުތައް އެބަހުރި. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ މަތީ ބޭސްތައް އެބަހުރި. އެ ހުރިހާ ސާމާނު ވެސް ހުރީ ސްޓޮކް ކޮށްފައި. އެ ހުރިހާ އެއްޗެއް ބޭނުން ކުރެވިދާނެ،". ޓްރަމްޕް ދިން އިންޒާރުގައި ބުނެފައި ވެއެވެ.









