އެގައުމުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން މަޖުބޫރުވި ވަރުގަދަ ކުރިމަތިލުންތަކުގައި ހޭޓީގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެ، އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ސިއްހީ ފަރުވާ ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް ހާލުގައި ޖެހިފައިވާ ކެރިބިއަން ގައުމުގެ އެހީތެރިން ބުނެފިއެވެ.
ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ހޮސްޕިޓަލްތަކުގައި އަލިފާން ރޯކޮށް، ޑޮކްޓަރުން މަރައި، އެންމެ އަސާސީ ސިއްހީ ސާމާނު މިހާރު ވަނީ ހުސްވެފައެވެ. ހޭޓިގެ ވެރިރަށުގައި މިހާރު ހިންގަނީ އެންމެ ޕަބްލިކް ހޮސްޕިޓަލެއް – އެ ހޮސްޕިޓަލުވެސް ވަރަށް އަވަހަށް ބަންދުވާނެ ކަމަށް ބެލެވެ އެވެ.
"ޕޯޓް އޮ ޕްރިންސްގެ ސިއްހީ ފަރުވާގެ ނިޒާމަކީ އަސާސީ ގޮތުން ނެތް ނިޒާމެއް،" ހޭޓީގެ ލީޑިން މެޑިކަލް އެންޖީއޯތަކަށް ލަފާދޭ ކޮންސަލްޓަންޓެއް ކަމަށްވާ މެކިންޒީ އާޗާ ވިދާޅުވި އެވެ.
ހަތިޔާރު އެޅި ގޭންގުތަކާއި ސަލާމަތީ ބާރުތަކުގެ މެދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން ކެރީބިއަން ގައުމަށް ދިގު ޒަމާންތަކަކަށް ފަހު ފެނުނު އެންމެ ނުބައި އަނިޔާވެރި ހާދިސާގައި ހޭޓިގެ ވެރިރަށް ހުއްޓިފައެވެ.
ޕޯޓްއޯ ޕްރިންސްގެ މެދުތެރޭގައި ހުންނަ ޖެނެރަލް މެޑިކަލް ކެއާ ސެންޓަރެއް ކަމަށްވާ ސްޓޭޓް ޔުނިވާސިޓީ އޮފް ހޭޓީ ހޮސްޕިޓަލުން ބީބީސީގެ ރިޕޯޓަރުންނަށް ބަލިމީހުން ފުރިފައިވާ ކްލިނިކެއްގައި މެޑިކަލް ސްޓާފެއް ނުފެނުނެވެ.
"ޑޮކްޓަރުން ނެތް، އެ އެންމެން ފިލައިގެން ދިޔައީ މިދިޔަ ހަފްތާގައި،" ބީބީސީއަށް މައުލޫމާތު ދެމުން ބަލިމީހަކު ބުންޏެވެ.
ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ހޭޓީގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އޭގެ ތެރޭގައި ކޮލެރާގެ ބަލިމަޑުކަމާއި 2010 ވަނަ އަހަރު އައި ބިންހެލުމެއްގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އެކަމަކު ފަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން މާޒީގެ މާޔޫސްކަމުގެ އެޕިސޯޑްތަކަށް ކޭތަ އެޅިފައިވާ ކަމަށް މެޑިސިންސް ސަންސް ފްރޮންޓިއަރސް (އެމްއެސްއެފް) ގެ ތަރުޖަމާނު ފްރާންސެސްކޯ ސެގޯނީ ވިދާޅުވި އެވެ.