May 9, 2026
Advertisement
ރައީސްގެ ދުރު ވިސްނުން ހުރި މިންވަރު ރަގަޅުކަމުން، އީޕާސްޕޯޓު ދޫކުރުން ހުއްޓާލައިފި
ރައީސްގެ ދުރު ވިސްނުން ހުރި މިންވަރު ރަގަޅުކަމުން، އީޕާސްޕޯޓު ދޫކުރުން ހުއްޓާލައިފި / ސޯޝަލް މީޑިއާ

ރައީސްގެ ދުރު ވިސްނުން ހުރި މިންވަރު ރަގަޅުކަމުން، އީޕާސްޕޯޓު ދޫކުރުން ހުއްޓާލައިފި

May 8, 2026, 11:00 PM
މާލެ ސިޓީ

ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް" ދޫކުރުން މެދުކަނޑާލައިފިއެވެ

Advertisement

އެފަދަ ޕާސްޕޯޓު ދޫކުރުން ހުއްޓާލާފައިވަނީ  ޕްރިންޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވުމުން، އެ ޕާސްޕޯޓުގެ ބުކްލެޓުތައް ރާއްޖެއިން ހުސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އިމިގްރޭޝަނުން ހާމަކޮށޤފައިވާ ގޮތުގައި، ނުގެނެވި ލަސްވަނީ، އީ- ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ "ޕާސްޕޯޓް ބުކްލެޓް"ގެ ސްޓޮކް ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް" ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

މިގޮތަށް ނިންމީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމުގައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ނޮން- އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް ކަމަށާ އެ ޕާސްޕޯޓަކީވެސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

މިއީ ދިވެހިރާއްޖޭގައި މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރުކަމަށް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved