
ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުން އަހްމަދު އަޝްފާން ވަކިކޮށް އޭނާ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.
އަޝްފާނު އިމިގްރޭޝަނުން ވަކިކޮށް އައްޔަންކޮށްފައިވަނީ، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށެވެ.
ސަރުކާރަށް ދިގު މުދްދަތަކަށް ހިދުމަތްކޮށްފައިވާ އަޝްފާން އިމިގްރޭޝަނުން ވަކިކޮށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. އަޝްފާން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަކަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.
އަޝްފާނު ވަނީ 18 އަހަރުގެ ދިގު މުއްދަތަކަށް އިމިގްރޭޝަންގައި ޚިދުމަތްކޮށްދީފައެވެ.










