May 4, 2026
Advertisement
ކާޑުގެ ވެރިފަރާތް ހުރިތަން އިމިގްރޭޝަނުން އެހެން ކުންފުންޏަކަށް ހާމަކޮށް އެންގުމަކީ ޒާތީ ދިރިއުޅުމަށް އަރައިގަތުން: މަލީހު
ކާޑުގެ ވެރިފަރާތް ހުރިތަން އިމިގްރޭޝަނުން އެހެން ކުންފުންޏަކަށް ހާމަކޮށް އެންގުމަކީ ޒާތީ ދިރިއުޅުމަށް އަރައިގަތުން: މަލީހު / ސޯޝަލް މީޑިއާ

ކާޑުގެ ވެރިފަރާތް ހުރިތަން އިމިގްރޭޝަނުން އެހެން ކުންފުންޏަކަށް ހާމަކޮށް އެންގުމަކީ ޒާތީ ދިރިއުޅުމަށް އަރައިގަތުން: މަލީހު

May 4, 2026, 04:41 PM
މާލެ ސިޓީ

ކްރެޑިޓް ކާޑުގެ ވެރިފަރާތް ހުރިތަން އިމިގްރޭޝަނުން އެހެން ކުންފުންޏަކަށް ހާމަކޮށް އެންގުމަކީ ޒާތީ ދިރިއުޅުމަށް އަރައިގަތުންކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.   

Advertisement

އިމިގްރޭޝަނުން ބީއެމްއެލްއާ މައުލޫމާތު ހިއްސާކުރުމާ ގުޅޭ ބޮޑު ބަހުސެއް ކުރިއަށް ދަނިކޮށް މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ އިމިގްރޭޝަނުން ހަދާ ގޯހެއް. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން މާނަ ކުރަންޖެހޭނީ ފުޅާކޮށް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި، ބީއެމްއެލް އާއި އިމިގްރޭޝަނުގެ މައުލޫމާތު ބަދަލުކުރުގެ ނިޒާމު ރާވާފައި ވަނީ ބޭރު ގައުމުގެ އޭޓީއެމްއެއް ނުވަތަ ޕީއޯއެސް މެޝިނަކުން ކާޑު ބޭނުންކުރުމުން، ބޭންކުގެ ސިސްޓަމްތަކުން އެ މީހާ ރާއްޖޭގައި ހުރިތޯ ނުވަތަ ނޫންތޯ ކަށަވަރުކުރަން އިމިގްރޭޝަނުގެ ސިސްޓަމަށް މެސެޖެއް ފޮނުވާ ގޮތަށެވެ. އެ ހިސާބުން އިމިގްރޭޝަނުން ކަށަވަރުކޮށްދެނީ އެ މީހާ ހުރީ ރާއްޖޭން ބޭރުގައި ނުވަތަ ރާއްޖޭގައި ކަމެވެ. 

ބީއެމްއެލްއިން މި ފިޔަވަޅު އެޅީ، ކާޑުތަކުގެ ލިމިޓުތައް މަތިކުރި ފަހުން، އެކި މީސްމީހުންގެ ކާޑުތައް  ފައިގެން ގޮސް އެ ކާޑުތައް ބޭނުންކުރާ މައްސަލަ ފާހަގަވިތާ މަސްތަކެއް ވޭތުވީ ފަހުން، އިރާނު ހަނގުރާމައާ ހެދި އިހުނަށް ވުރެ ޑޮލަރު ތާށި ބޮޑުވުމުން ކަމަށް ބުނެއެވެ. 

އެކަމާ ގިނަ ރައްޔިތުންނުުރހުން ފާޅުކުރަމުން ދަނިކޮށް، ރާއްޖޭގައި ތިބި މީހުންގެ ކާޑުތައް ބޭރު ގައުމުތަކުގެ ޕީއޯއެސް މެޝިންތަކާއި އޭޓީއެމްތަކުގައި ބޭނުންކުރުން ހުއްޓުވަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިމިގްރޭޝަނުގެ މައުލޫމާތު ހޯދަން ރުހުން އޮތް ކަމަށް ބަޔާންކޮށް އެ ބޭންކުގެ ކާޑުތަކުގެ ޝަރުތުތައް ކުއްލިއަކަށް ބަދަލު ގެނެސްފައިވެއެވެ.

އެގޮތުން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކާއި ކްރެޑިޓު ކާޑުތަކުގެ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި އެ ބޭންކުން ބަދަލު ގެނައީ "ޑިސްކްލޯޝާ އޮފް އިންފޮމޭޝަން" މާއްދާއަށެވެ. މިއީ މައުލޫމާތު ހާމަކުރުމާއި ހިއްސާކުރުމާ ގުޅޭ މާއްދާއެވެ.

ބީއެމްއެލްއިން މިކަން ކޮށްފައި މިވަނީ، އިމިގްރޭޝަނުން އެ ބޭންކާ މައުލޫމާތު ހިއްސާކުރުމާ ގުޅޭ ބޮޑު ބަހުސެއް ކުރިއަށް ދަނިކޮށެވެ. މިކަމާ ދެކޮޅު މީހުން ގަބޫލުކުރާ ގޮތުގައި އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު އެ މީހެއްގެ ރުހުމަކާ ނުލާ ތިން ވަނަ ފަރާތަކާ ހިއްސާކުރުމަކީ ބޮޑު ގޯހެއް، އަދި ގާނޫނާ ހިލާފު ކަމަކެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved