May 9, 2026
Advertisement
އީޝާއަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ގޮވާއިރު، ބުލީއާ ހަނގާއާ، ހައްގުތައް ކޮބައިތޯ: ޝާޒު
އީޝާއަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ގޮވާއިރު، ބުލީއާ ހަނގާއާ، ހައްގުތައް ކޮބައިތޯ: ޝާޒު / ސޯޝަލް މީޑިއާ

އީޝާއަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ގޮވާއިރު، ބުލީއާ ހަނގާއާ، ހައްގުތައް ކޮބައިތޯ: ޝާޒު

May 9, 2026, 12:24 AM
މާލެ ސިޓީ

"އަދަދު" ނޫހުން ގނެސްދިން "އައިޝާ" ޑޮކިއުމަންޓްރީ އުފެއްދުމުގައި ބައިވެރިވުން އޮތް ކަމަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނާ، އައިޝަތު އީޝާ އަޝްރަފަށް ނިސްބަތްކޮށް ހުތުރު ބަހުރުވަ ބޭނުންކުރަމުންދާއިރު ހައްގުތައް ކޮބައިތޯ އައްސަވާ، ރިޓަޔާޑް ނޮން-ކޮމިޝަންޑް އޮފިސަރ އަހުމަދު ޝާޒު ސުވާލު އުފައްދަވައިފިއެވެ.

Advertisement

ޝާޒުގެ މިފަދަ ސުވާލެއް އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގިނަ އަންހެނުން ހިމެނޭހެން ހުތުރު އެއްޗެހި މި ވޭތުވި ހަފްތާއެއްހާ ދުވަސްތެރޭގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އަދި މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރާފައިވާ އީޝާއަށާ، އޭނާގެ މުޅި ވަންހައަށް (އާއިލާ) ދާންދެން  ނިސްބަތްކޮށް ސޯޝަލްމީޑިއާގައި ސަރުކާރު ޕްރޮމޯޓުކުރާ މީހުންނާ އަދިވެސް އެހެން މީހުން ގޮވާފައިވާކަން ފާހަގަކޮށް ޝާޒު ވިދާޅުވެފައިވަނީ ބުލީއާ، ގަނާއާ، ފޮށުމާ، ބިރު ދެއްކުމާ، ވަޒީފާގެ ބިރު އެބިއުޒް ކުރުމާ ހިއުމަންރައިޓްސްއާ، ޖިންސީ ގޯނާ މިހާރު ކޮބާ ތޯ ކަމަށެވެ.

ޝާޒު މިފަދައިން ވިދާޅުވެފައިވާއިރު، މުޅި ސޯޝަލް މީޑީޔާގައި އީޝާގެ އައުރަ ވެސް ކަޝްފުކޮށް ދަނީ އޭނާގެ ދަރިފުޅަށްވެސް ނިސްބަތްކޮށް ކުޑައިމީސް ބަސް ރައްދުވާނެހެން ހުތުރު ބަހުރުވައިން ލިޔަމުންދާއިރު އޭގެ ތެރޭގައި ގިނައީ މި ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންނެވެ. ޚާއްސަކޮށް އަންހެނުންނެވެ. އެގޮތުން އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭ ބުޒާރާގައި ތިބި ސިޔާސީ މީހުންވެސް މީގައި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ނަމަވެސް އެމީހުންނަކީ ބުލީއާ ދެކޮޅަށް އެންމެ ބާރަށް އަޑުގަދަ ކުރި ބަޔަކުވެސް މެއެވެ. އެހެންކަމުން ހައްގުތަކަކީ ވަކި ބަޔަކު ރުހުމުން އޮންނަ އެއްޗަކަށްވީކަމާ މެދު ސުވާލުއުފެދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved