
ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި، "އައިޝާ" ޑޮކިއުމެންޓްރީއަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާ ގުޅިގެން، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފް ވަރުގަދަ ރައްދެއް ދީފިއެވެ.
އީޝާ އޭނާގެ ފޭސްބުކް މަންސައިގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބައެއް މީހުންނަށް ސްޓޭޖް މަތީގައި ހުރެ ހަގީގަތަކީ ދޮގެއް ކަމަށް ބުނެވިދާނެ ކަމަށާއި، ނަމަވެސް އެކަން ތަހައްމަލުކުރި މީހަކަށް ހަގީގަތުގައި ވީގޮތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި ބަންދުކޮށްފައިވާ ދޮރުތަކުގެ ފަހަތުގައި ތިބެގެން އެކަން ފޮރުވަން މަސައްކަތްކުރި ކޮންމެ މީހަކީ ކޮބައިކަންވެސް އެނގޭ ކަމަށް އީޝާ ބުނެފައިވެއެވެ.
އީޝާގެ ވާހަކައިގައި އިތުރަށް ފާހަގަކޮށްފައިވަނީ، ދޮގުތަކަށް އަތްތިލަބަޑީގެ މަރުހަބާ ލިބި، ކަންކަން ފޮރުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް، އެއްވެސް މިންވަރެއްގެ ދޮގަކަށް ހަގީގަތް އަބަދަށްޓަކައި ފޮރުވައި ނުލެވޭނެ ކަމަށެވެ. މިއީ ރައީސް މުޢިއްޒު އެ ޑޮކިއުމެންޓްރީގައިވާ ވާހަކަތައް ދޮގުކުރެއްވުމުން، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އީޝާ ދިން ވަރުގަދަ މެސެޖެކެވެ.









