May 9, 2026
Advertisement
އީޝާގެ މައްޗަށް ކުރި ތުޙުމަތުތަކާއެކު ރޭޕްކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅޭނެ މަގު ބަންދުވެއްޖެ!
އީޝާގެ މައްޗަށް ކުރި ތުޙުމަތުތަކާއެކު ރޭޕްކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅޭނެ މަގު ބަންދުވެއްޖެ!

އީޝާގެ މައްޗަށް ކުރި ތުޙުމަތުތަކާއެކު ރޭޕްކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅޭނެ މަގު ބަންދުވެއްޖެ!

May 9, 2026, 03:56 PM
މާލެ ސިޓީ

'"އެލްސޯފާ" މައްސަލައިގައި ފުލުހުން އީޝާ އަޝްރަފުގެ މައްޗަށް ކުރި ތުޙުމަތުތަކާއެކު، ރޭޕްކުރުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅޭނެ މަގު ބަންދުވެއްޖެއެވެ.

Advertisement

ނަންނުޖެހުމަށް ޝަރުޠުކޮށް މިނޫހާ ވާހަކަ ދެއްކި ޤާނޫނީ ވަކީލެއް ވިދާޅުވެފައިވަނީ ވަރަށް ފަހުން ހިނގި ރޭޕްކުރުމުގެ ހާދިސާއެއް، ފުލުހަށް ރިޕޯޓްކުރުމާމެދު، ޤާނޫނީ ލަފަޔަކަށް އެދުމުން، މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން އެކަމާމެދު އިތުރަށް ވިސްނާލަންޖެހޭކަމަށް ބުނެ ޤާނުނީ ލާފާދީފައިވާކަމަށެވެ.

އެގޮތަށް، ޤާނޫނީ ލަފާ ބައްޓަންކުރަންޖެހުނީ، ފުލުހަށް މައްސަލަ ހުށަހަޅައިފިނަމަ، އެމައްސަލަ ސާބިތުނުވާ ހާލަތުގައި ވިކްޓިމްގެ މައްޗަށް ގަޛުފުކުރިކަމުގެ ދައުވާ އުފުލިދާނެކަމާމެދު ބިރު އޮތުމުންކަމަށާއި، އެހެންކަމުން އެކަންކަން އިތުރަށް ދިރާސާކުރަމުންދާކަމަށް ވެސް ބުނެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 130 ވަނަ މާއްދާގެ (ނ) ގައި ރޭޕްކުރުން" ކަމަށް ބުނެފައި ވަނީ، "އެމީހެއްގެ ރުހުމަކާނުލައި، އަންހެނެއްގެ ކުރިމަތި ފަރާތަށް ނުވަތަ ފުރަގަސް ފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުން ނުވަތަ ފިރިހެނެއްގެ ފުރަގަސް ފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 612 ވަނަ މާއްދާގައި "ޤަޛުފު" ކުރުމަކީ މީހަކު ޒިނޭ ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.

"އެލް" ސޯފާ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާއަށް ނިޞްބަތްކޮށްގެން ގެނެސްދީފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން ގަޒްފުގެ ތުޙުމަތުތައް އެކި ފަރާތްތަކުގެ މައްޗަށް ފުލުހުން ކުރަމުންދާއިރު، ހަމަ މި އުސޫލުން ރޭޕްގެ މައްސަލައެއް ރިޕޯޓްކުރާ ފަރާތްތަކުގެ މައްޗަށްވެސް ޤަޛުފުގެ ތުޙުމަތުކުރާނެކަމުގެ ބިރު މުޖުތަމަޢުގައި ވަނީ އާންމު ވެފައެވެ.

ރައީސުލްޖްހޫރިއްޔާ އެންގެވި އެންގެވުން ތަންފީޒުކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ޤަޛުފުގެ ތުޙުމަތުތައް ކުރަން ފެށުމުން، ރޭޕްކުރުމުގެ ވިސްނުން ތިބި ފަރާތްތައް ބާރުވެރިވެ، ރޭޕުގެ ކުށްކުރުމަށް ހިތްވަރު ލިބިގެން ދިޔަނަމަވެސް، "އެލް ސޯފާ"ގެ މައްސަލަ ތަޙުޤީޤުކޮށް، ޤަޛުފުކުރުމަށް ހެއްވާ މާނަކުރުމެއް ދިނުމަކީ، މިއަދުގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

"މިފަދައިން ބަޔާންކޮށްފައިވީނަމަވެސް، އަދަދު ނޫހަށް މަޢުލޫމާތު ދީފައިވާ އެންމެހައި ފަރާތްތަކުގެ މަސްދަރުތައް ހުރި އިލެކްޓްރޯނިކް ޑިވައިސްތައް، ފުލުހުންވަނީ، ޤާނޫނުއަސާސީއާ ޚިލާފަށް ހައްޔަރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ފުލުހުންގެ ފަރާތުން ތަޙުޤީޤުކުރަން ފެށި "އެލް ސޯފާ"ގެ މައްސަލައިގައި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއާ ފުލުހުން ޚިލާފުވެފައިވާއިރު، މިވަގުތަށް ޤާނޫނުލްއުޤޫބާތުގެ ގިނަ މާއްދާތަކެއް މިވަނީ ސަސްޕެންޑްވެސް ވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved