May 14, 2026
Advertisement
.
.

ކަށަވަރު ނުވާ އޯޑިއޯއެއް ނެރެގެން އީޝާއާއި އާއިލާގެ އަގު ވައްޓަން ސަރުކާރުން ފަންޑު ކުރާ ނޫސްތަކުން މަސައްކަތް ފަށައިފި

May 14, 2026, 01:19 PM

ކަށަވަރު ނުވާ އޯޑިއޯއެއް ނެރެގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްގެ އަގު ވައްޓާލުމުގެ މަސައްކަތް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ފަޑައިފިއެވެ.

Advertisement

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އީޝާއާއި އާއިލާގެ އަގު ވައްޓާލަން އެންގީ ސީދާ ރައީސް މުއިއްޒެވެ.

މުއިއްޒުގެ އެންގެވުމުގެ މަތިން ރައީސް އޮފީގެ މިނިސްޓަރ އިކްރާމް ވަނީ ސަރުކާރަށް ސަނާ ކިޔާ ނޫސްތަކުގެ ވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އީޝާގެ އަގު ވައްޓާލަން ކަންތައް ކުރާނެ ގޮތް ކިޔައިދީފައެވެ. 

މިއާއެކު ރޭ ވަނީ އީޝާ އޭނަގެ ބައްޕައާއެކު ދެއްކި ވާހަކަ ކަމަށް ބުނެ ފޭކު އޯޑިއޯ އެއް ސޯޝަލް މީޑިއާ އަށް ދޫކޮށްފައެވެ. 

އީޝާއަށް ވަޒީފާގެ މާހައުލުގައި ދިމާވި ކަންތައްތައް ހާމަ ކުރާނެކަމަށް ބުނުމުން މުއިއްޒު އަންނަނީ މޮޅެތި ޕްލޭން ހަދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved