March 20, 2026
Advertisement
-
- / އަލްޖަޒީރާ

ސްވިޒަލޭންޑުން އެމެރިކާއަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 20, 2026, 06:13 PM
މާލެ ސިޓީ

ސްވިޒަލޭންޑުން އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް ދެމުންދިޔަ ހުއްދަތައް ދިނުން ހުއްޓާލައިފިއެވެ.

Advertisement

ސްވިޒަލޭންޑް ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޒަމާންވީ "ނިއުޓްރަލިޓީ" ނުވަތަ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުންނެވެ. އެ ގައުމުގެ ގާނޫނުތައް ބުނާގޮތުން، ބައިނަލްއަގުވާމީ ބޮޑު ހަނގުރާމައެއްގެ ތެރޭގައި ހިމެނޭ ނުވަތަ އެފަދަ ހަނގުރާމައަކަށް މަގުފަހިވާނެ ފަދަ ހާލަތްތަކުގައި ހިމެނޭ ގައުމުތަކަށް ހަތިޔާރު ފޯރުކޮށްދިނުމަކީ މަނާކަމެކެވެ.

މި ނިންމުމުގެ ސަބަބުން އެމެރިކާ މެދުވެރިކޮށް އިސްރާއީލަށް ލިބޭ ހަތިޔާރުގެ ސަޕްލައިއަށް ބުރޫއަރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް، އިސްރާއީލުން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި އެމެރިކާގެ އެހީތެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސްވިޒަލޭންޑުން އެޅި މި ފިޔަވަޅަކީ އިސްރާއީލާއި އެމެރިކާއަށް ލިބުނު ބޮޑު ދަތިކަމެކެވެ.

ސްވިޒަލޭންޑުން ހާމަކުރި ގޮތުގައި، މި ނިންމުމަކީ އެއްވެސް ގައުމަކަށް ތާއީދުކުރުމުގެ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި އެ ގައުމުގެ ދުސްތޫރީ އުސޫލުތައް ހިފެހެއްޓުމަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް، އިސްރާއީލުން މެދުއިރުމަތީގައި ހިންގަމުންދާ ގަތުލުއާންމުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފިއްތުންތައް ވަނީ އެމެރިކާއަށް ކުރިމަތިވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved