April 17, 2026
Advertisement
ވިއްސާރަ ވުމާއެކު މާލޭގެ މަގެއްގައި ފެންބޮޑުވެފައި
ވިއްސާރަ ވުމާއެކު މާލޭގެ މަގެއްގައި ފެންބޮޑުވެފައި / ތޭރަ އޮންލައިން

މާލޭ ފެންބޮޑުވުމުން، ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި

Aishath Naja
އައިޝަތު ނަޖާ
Jan 12, 2024, 05:53 PM
މާލެ ސިޓީ

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ފެންބޮޑުވުމާއެކު ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެހެންކަމުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހާމަކޮށްފައެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ފަށާފައިވާ ކަމަށެވެ.

މީގެ ދެތިން ދުވަސް ކުރިންވެސް މާލޭގެ ފެންބޮޑުވެގެން ސިފައިން ވަނީ ފެން ހިންދުމުގެ މަސައްކަތަށް ނުކުމެފައެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ގޯސްވެދާނެ ކަމަށް ބަލާފަ ބައެއް ހިސާބުތަަކަށް ވަނީ ރީނދޫ ސަމާލު އަދި ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު،ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރަށްވާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved