April 17, 2026
Advertisement
ވިއްސާރައިގެ ސަބަބުން ގަހެއް ކާރެއްގެ މައްޗައް ވެއްޓިފައި
ވިއްސާރައިގެ ސަބަބުން ގަހެއް ކާރެއްގެ މައްޗައް ވެއްޓިފައި / މާލެ ސިޓީ ކައުންސިލް

ވިއްސާރައިގައި ގަހެއް ވެއްޓި ކާރަކަށް ބޮޑެތި ގެއްލުން!

Aishath Naja
އައިޝަތު ނަޖާ
Jan 12, 2024, 08:07 PM
މާލެ ސިޓީ

މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރަގައިގައި ގަހެއް ވެއްޓި، ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ކައިރީގައި ޕާކު ކޮށްފައި އޮތް ކާރަކަށް ގެއްލުންތަކެއްވެއްޖެއެވެ.

Advertisement

އާންމުވެފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ހުދު ކުލައިގެ އެކާރުގެ މައްޗަށް ގަހެއް ވެއްޓިފައި އޮތް މަންޒަރެވެ.އެ ސަރަހައްދުގައި އިތުރު ކާރުތައްވެސް ޕާކް ކޮށްފައި ހުރިއިރު، އެ ސަރަހައްދު ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

އެ ކާރަށް ލިބިފައި ވަނީ ކޮން ކަހަލަ ގެއްލުންތަކެއްކަން ސާފެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި މޫސުން ގޯސްވެ، ވައިގަދަވުމާއި ގުޅިގެން ރެހެންދި ހިނގުން (ޓީވީއެމް ކައިރި)އަށް ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން މި ވިއްސާރައިގައި ގެތަކަށް ފެން ވަންނަމުންދާތީ، އެމްއެންޑީއެފްއާ ގުޅިގެން ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެހެންކަމުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved