May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕާކިސްތާނުގައި އުފެއްދި ފަންކާއެއް އަޅުވާފައި ހުރެގެން އިންޑިއާގެ ސްކޫލެއް ކުއްވެރިވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
May 13, 2026, 07:34 PM
މާލެ ސިޓީ

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަމްރޯހާ ސަރަހައްދުގައި ހުންނަ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ހިލްޓަން ކޮންވެންޓް ސްކޫލްގައި ޕާކިސްތާނުގައި އުފައްދާފައިވާ ފަންކާއެއް ބޭނުންކުރަމުންދާ މައްސަލައެއް ފެންމަތިވެ، އެ ސްކޫލް ކުށްވެރިކޮށްފިއެވެ.

Advertisement

މި މައްސަލަ ފެންމަތިވީ އެ ސްކޫލުގެ ކްލާސްރޫމެއްގައި ހަރުކޮށްފައި ހުރި ފަންކާއެއްގެ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ފަންކާގައި ވަނީ ޕާކިސްތާނުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޕާކް ފޭންސް" (Pak Fans) ގެ ލޯގޯ ޖަހާފައެވެ. މިއާއެކު ހަރުކަށި ފިކުރުގެ ބައެއް ޖަމާއަތްތަކުން ވަނީ ސްކޫލް ދޮށަށް އެއްވެ އިހުތިޖާޖުކޮށް، ސްކޫލް ކުށްވެރިކޮށްފައެވެ.

އިހުތިޖާޖު ކުރި ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ނުތަނަވަސް ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ އުފެއްދުންތައް ބޭނުންކުރުމަކީ ގައުމީ ރޫހާ ޚިލާފު ކަމެކެވެ. އަދި ތައުލީމީ މުއައްސަސާއެއްގައި މިފަދަ ތަކެތި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހިލްޓަން ކޮންވެންޓް ސްކޫލްގެ މެނޭޖްމަންޓުން ބުނެފައިވަނީ، އެ ފަންކާތަކަކީ މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ބާޒާރުން ގަނެފައިވާ ތަކެތި ކަމަށެވެ. އަދި އެއީ ޕާކިސްތާނުން ސީދާ އެތެރެކުރި އެއްޗެއް ނޫން ކަމަށާއި، އޭރު އެ ތަކެތި އިންޑިއާގެ ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ކަމަށް ސްކޫލުން މައުލޫމާތު ދީފައިވެއެވެ.

ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އަމްރޯހާގެ ފުލުހުން ބުނެފައިވަނީ ސްކޫލްގައި ހުރި ފަންކާތަކާ ގުޅޭގޮތުން ޝަކުވާ ލިބިފައިވާ ކަމަށާއި، އެކަމުގައި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މަސްލަހަތު ވަނީ ނުތަނަވަސްވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved