April 17, 2026
Advertisement
ހޮންކޮންގުގެ ޕާލަމެންޓު
ހޮންކޮންގުގެ ޕާލަމެންޓު / ގެޓީ އިމޭޖަސް

ގިނަ ކުށްތައް ހިމަނައި ހޮންކޮންގުގެ ދެވަނަ ގައުމީ ސަލާމަތާ ބެހޭ ބިލު ފާސްކޮށްފި

Azzama
އައްޒާމާ
Mar 20, 2024, 05:02 PM

ހޮންކޮންގުގެ ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން އަންގާރަ ދުވަހު ފާސްކުރި ބިލަކީ ޗައިނާގައި ބޭނުންކުރާ ގާނޫނުތަކާ ދާދި އެއްގޮތް ގާނޫނެކެވެ.

Advertisement

ދިގު ގައުމީ ސަލާމަތުގެ ބިލުގެ ފުރަތަމަ ޑްރާފްޓުގައި 212 ޞަފްޙާ ހިމެނުނު އިރު ސިޓީގެ ލީޑަރު ޖޯން ލީގެ އެދުމުގެ މަތިން އާދަޔާ ހިލާފަށް އަވަސް އަރުވާލައިގެން މި ބިލަށް އިދިކޮޅު ފަރާތްތައް ނެތް ޤާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރެވުނީ އެންމެ 11 ދުވަހެވެ.

ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ގާނޫނަށް ގައުމީ ސަލާމަތާ ބެހޭ އާ 39 ކުށެއް ތައާރަފްކޮށްފައިވެއެވެ.

23 ވަނަ މާއްދާގެ ނަމުން މަޝްހޫރު އާ ގައުމީ ސަލާމަތާ ބެހޭ ގާނޫނުގައި ޚިޔާނާތާއި ޖާސޫސުކުރުމާއި ބޭރުގެ ތަދައްޚުލުވުމާއި ދައުލަތުގެ ސިއްރުތައް ގާނޫނާ ހިލާފަށް ބެލެހެއްޓުން ފަދަ އާ ކުށްތަކެއް ހިމެނޭއިރު، އެންމެ ބޮޑެތި ކުށްތަކުގެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ލީ ސިފަކުރެއްވި ގޮތުގައި މި ބިލު ފާސްވުމަކީ "ހޮންކޮންގަށް ތާރީހީ ވަގުތެއް" ކަމަށެވެ.

ޗައިނާ އާއި ހޮންކޮންގުގެ ލީޑަރުން ބުނާ ގޮތުގައި 2019 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާތަކަށް ފަހު "ސްޓޭބިލިޓީ އަލުން ހޯދުމަށް" ކުރާ މަސައްކަތުގެ ތެރެއިން "ގާނޫނީ ބާތައް ނައްތާލުމަށް" އާ ގާނޫނުތައް ބޭނުންވާ ކަމަށާއި އަދި އެ ގާނޫނުތަކަކީ ދުނިޔޭގެ އެހެން ގައުމީ ސަލާމަތާ ބެހޭ ގާނޫނުތަކާ އެއްގޮތް ގާނޫނުތަކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved