April 17, 2026
Advertisement
ފުރޮޅާލި ބޯޓު ފެތެނީ
ފުރޮޅާލި ބޯޓު ފެތެނީ / ރޮއިޓަރސް

ދެކުނު ކޮރެއާގެ ދިދަ ނެގި ޓޭންކަރެއް ޖަޕާނުގެ އައްސޭރީގައި ބަންޑުންވެއްޖެ

Azzama
އައްޒާމާ
Mar 20, 2024, 08:23 PM

ދެކުނު ކޮރެއާގެ ދިދަ ޖަހާފައިވާ ޓޭންކަރެއް ޖަޕާނުގެ ހުޅަނގު އައްސޭރީގައި ބަންޑުންޖަހައި ކަނޑުވި ހާދިސާގައި މަދުވެގެން އަށް ފަޅުވެރިން ސަލާމަތްކުރިއިރު ތިން ފަޅުވެރިއަކު ވަނީ ގެއްލިފަ އެވެ.

Advertisement

ކެޔޮންގް ސަން ބޯޓު ޔަމަގުޗީ ޕްރިފެކްޗާގެ ކައިރިން ބަންޑުން ޖަހާލީ ބުދަ ދުވަހުގެ 07:00 ހާއިރު (އަންގާރަ ދުވަހުގެ ޖީއެމްޓީ 22:00 ހާއިރު) އެވެ. ފަޅުވެރިން އެހީތެރިކަމަށް އެދި ރޭޑިއޯ ކުރުމުން ޖަޕާނުގެ ކޯސްޓްގާޑުން އެހީތެރިވުމަށް ދޯނިފަހަރާއި މަތިންދާބޯޓު ފޮނުވިއެވެ.

ބޯޓު ބަންޑުންވިއިރު މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު އޮތީ ނަގިލި ދޫކޮށްފައެވެ.

ބޯޓުގައި ހިމެނުނު މުދަލުގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

އެ އުޅަނދަކީ ޝިޕިން ވެބްސައިޓްތަކުގައި "ތެޔޮ/ކެމިކަލް ޓޭންކަރެއްގެ ގޮތުގައި" ސިފަކޮށްފައިވާ އުޅަނދެކެވެ.

މި ސަލާމަތީ އޮޕަރޭޝަން ކުރިއަށް ގެންދަނީ ޝިމޮނޮސެކީ ސިޓީއާ ކައިރިންނެވެ.

ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފަޅުވެރިންގެ ތެރޭގައި ހިމެނެނީ ދެ ކޮރެއާ މީހުންނާއި އިންޑޮނޭޝިއާގެ އަށް މީހުންނާއި ޗައިނާގެ ރައްޔިތެކެވެ.

ބުދަ ދުވަހު އެ ސަރަހައްދުން ގަޑިއަކު 54 ކިލޯމީޓަރު (33 މޭލު) ބާރުމިނުގައި ވައިޖެހުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved