June 8, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާއަށް ގޮންޖަހައި އިޒްރޭލުން އީރާނުގެ ސިޓީތަކަށް ހަމަލާދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 8, 2026, 10:40 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާތައް މަޑުޖައްސާލުމަށް ކުރެއްވި އިލްތިމާސްތަކަށް ބެލުމެއްނެތި، އިޒްރޭލުން ރޭގެ ވަގުތެއްގައި އީރާނުގެ ތެހެރާން، ތަބްރީޒް އަދި އިސްފާހާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

Advertisement

މި ހަމަލާތަކަކީ އެމެރިކާގެ ރައީސްގެ ބަަހަށް ގޮންޖަހައި، ބައިނަލްއަޤްވާމީ މަސްލަޙަތަށްވުރެ އިޒްރޭލުގެ އަސްކަރީ ބާރުވެރިކަން ދެއްކުމަށް ދީފައިވާ ހަމަލާތަކެކެވެ. ރިޕޯޓުތައް ބުނާގޮތުގައި، އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ ސަބަބުން އެ ސިޓީތަކުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮވާފައެވެ.

އީރާނުގެ ދިފާޢީ ބާރުތަކުން ބުނެފައިވަނީ، އިޒްރޭލުގެ ގިނަ ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށާއި، ނަމަވެސް ބައެއް ތަންތަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މި ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު މިހާރު ވަނީ ނުތަނަވަސްކަމުގެ އިންތިހާއަށް ގޮސްފައެވެ.

މުހައްލިލުން ދެކޭގޮތުގައި، އިޒްރޭލުގެ މި އަމަލަކީ އެމެރިކާގެ ސިޔާސީ ނިންމުންތަކަށް ފުރައްސާރަކޮށް، ސަރަޙައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ފަދަ ނުރައްކާތެރި ފިޔަވަޅެކެވެ. އީރާނުން މިހާރު ދަނީ މި ހަމަލާއަށް ރައްދު ދޭނެ ގޮތްތަކަކާ މެދު މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved