June 18, 2026
Advertisement
-
-

މޮސްކޯގެ ތެޔޮ ރިފައިނަރީއަކަށް ޔޫކްރޭނުން ޑްރޯން ހަމަލާތަކެއް ދީފި

Aiminath Sarah
އައިމިނަތް ސާރާ
Jun 18, 2026, 07:02 PM
މާލެ ސިޓީ

ރަޝިޔާގެ ވެރިރަށް މޮސްކޯގެ އިރުދެކުނު ޑިސްޓްރިކްޓެއް ކަމަށްވާ ކަޕޮޓްނިއާގައި ހުންނަ ތެޔޮ ރިފައިނަރީއަކަށް ޔޫކްރޭނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފިއެވެ.

Advertisement

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުގެ ވައިގެ ދިފާޢީ ބާރުތަކުން ވަނީ އެއް ރެއެއްގެ ތެރޭގައި ރަޝިޔާގެ ސަރަޙައްދުތަކަށް ވަންނަން އުޅުނު ޔޫކްރޭންގެ 158 ޑްރޯން ވައްޓާލާފައެވެ. މީގެ ތެރެއިން ބައެއް ޑްރޯންތައް އަމާޒުކޮށްފައިވަނީ މޮސްކޯގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒުތަކަށެވެ.

މިއީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކްރޭނުން ރަޝިޔާގެ އެތެރޭގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ދެވަނަ ބޮޑު ހަމަލާއެވެ. މި ހަމަލާތަކަކީ ރަޝިޔާގެ އިގްތިސާދީ އަދި ހަކަތައިގެ ވަސީލަތްތަކަށް ގެއްލުންދީ، ހަނގުރާމައިގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދެމުންދާ ހަމަލާތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ރިފައިނަރީއަށް ލިބުނު ގެއްލުންތައް ބަލަމުންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved