June 27, 2026
Advertisement
-
-

ޕޯޗުގަލްއިން އުޒްބެކިސްތާން ބަލިކޮށްފި: ރޮނާލްޑޯގެ ހިތްގައިމު ދެ ގޯލް

Aiminath Sarah
އައިމިނަތް ސާރާ
Jun 24, 2026, 12:22 AM
މާލެ ސިޓީ

ފީފާ ވޯލްޑް ކަޕް ގްރޫޕް ކޭ ގެ މެޗުތަކުގައި ޕޯޗުގަލްއިން މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ.

Advertisement

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ކާމިޔާބުކޮށް، ޓީމުގެ މޮޅުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ރޮނާލްޑޯގެ އިތުރުން ޕޯޗުގަލްގެ އެހެން ކުޅުންތެރިން ވެސް ވަނީ އުޒްބެކިސްތާނުގެ ގޯލަށް އިތުރު ތިން ލަނޑު ވައްދާލާފައެވެ. އުޒްބެކިސްތާނަށް މި މެޗުގައި ޕޯޗުގަލްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި އެންމެ ލަނޑެއްވެސް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މި ނަތީޖާއާއެކު، ރޮނާލްޑޯގެ ކުޅުމަށް ފާޑުކިޔަމުންދިޔަ ލިއޮނަލް މެސީގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ސަޕްރައިޒެއް ލިބިފައެވެ. ސޯޝަލް މީޑިއާގައި ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައި އޮންނަ "ރައިވަލްރީ" ތެރެއިން، ރޮނާލްޑޯގެ ސަޕޯޓަރުން އަންނަނީ މިއީ އޭނާގެ ފެންވަރު އަދިވެސް ހުރިކަން ސާބިތުކޮށްދިން މެޗެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

މިރޭގެ މޮޅާއެކު ޕޯޗުގަލްއިން ވަނީ ވޯލްޑް ކަޕް ތާވަލުގައި މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved