June 25, 2026
Advertisement
އީރާނުގަެ މިސައިލް ޤާބިލުކަން ނެތްނަމަ، އެމެރިކާ އާ ސަހްޔޫނީން ޣައްޒާއަށް ހެދިހެން އިރާނަށް ވެސް ހެދީސް: އީރާންގެ ރައީސް
އީރާނުގަެ މިސައިލް ޤާބިލުކަން ނެތްނަމަ، އެމެރިކާ އާ ސަހްޔޫނީން ޣައްޒާއަށް ހެދިހެން އިރާނަށް ވެސް ހެދީސް: އީރާންގެ ރައީސް / ސޯޝަލް މީޑިއާ

އީރާނުގަެ މިސައިލް ޤާބިލުކަން ނެތްނަމަ، އެމެރިކާ އާ ސަހްޔޫނީން ޣައްޒާއަށް ހެދިހެން އިރާނަށް ވެސް ހެދީސް: އީރާންގެ ރައީސް

Mariyam Isaadha
މަރިޔަމް އިސާދާ
Jun 24, 2026, 10:11 PM
މާލެ ސިޓީ

އީރާނުގަެ މިސައިލް ޤާބިލުކަން ނުލިބުނުނަމަ އެމެރިކާ އާ ސަހްޔޫނީން ޣައްޒާއަށް ހެދިހެން އިރާނަށް ވެސް ހެދީސް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

Advertisement

މަސްއޫދު ޕެޒެޝްކިއާން މިފަދައިން ވިދާޅުވީ، އެމެރިކާ-އިރާން ހަނގުރާމަ ފެށުނު ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި މީޑީޔާ ބްރީފިން އެއް ގައެވެ.

އީރާނާއި އެމެރިކާއާ ދެމެދު އެންމެ ފަހުގެ އެއްބަސްވުމެއް ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނުގެ ވެރިންނާ ބައްދަލުކުރައްވާ، ޕެޒެޝްކިއާން ވިދާޅުވީ، ބެލިސްޓިކް މިސައިލް އަކީ ދުވަހަކުވެސް އީރާނާއި އަދި އެމެރިކާއާ ދެމެދު މަޝްވަރާގެ މައުޟޫޢެއް ނޫން ކަމަށެވެ.

ޕެޒެޝްކިއާން ސާފުކޮށްދެއްވީ އީރާނުގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމަކީ އެގައުމުގެ ރަތް ރޮނގު ކަމަށެވެ.

އަޅުގަނޑު އެއް ހަގީގަތެއް ކަށަވަރުކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މިސައިލް ޕްރޮގްރާމް އެމްއޯޔޫގައި ހިމެނިފައި ނުވާކަން، ތިޔަބޭފުޅުން ވިދާޅުވި ފަދައިން އަދި އެއީ އެމްއޯޔޫގައި ނުހިމެނޭނެ ކަމެއް. އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އީރާނުގެ މިސައިލް ޤާބިލުކަން ނުލިބުނުނަމަ، އަޅުގަނޑުމެންގެ ޤައުމު ޣައްޒާގައި ކުރި ފަދައިން އެމެރިކާގެ ވެރިކަމާއި ޒަޔަނިސްޓް ވެރިކަމުން ފޭރިގަނެ ނައްތާލެވުނީސް. އަޅުގަނޑުމެންގެ މިސައިލް ކެޕޭސިޓީއަށް ދުވަހަކުވެސް ކޮމްޕްރޮމައިޒް ނުވާނަން އަދި މިއީ ދުވަހަކުވެސް އެހެން ފަރާތެއްގެ ބައެއްގެ ގޮތުގައި ނުވާނެ

ޕެޒްޝްކިއާން

އިރާންުގެ ރައީސްގެ އެ ވާހަކައަށް ބާރު ދެއްވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒު ވެސް ވިދާޅުވީ، ފުށުއެރުމުގެ ބިރެއް ނެތި އޭނާވެސް ދަންނަވާލަން އޮތީ، ބެލިސްޓިކް މިސައިލް އަކީ ދުވަހަކުވެސް އީރާނާއި އަދި އެމެރިކާއާ ދެމެދު މަޝްވަރާގެ މައުޟޫޢެއް ނޫން ކަމަށް ކަމަށެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އިރާން އަދި ޕާކިސްތާނު، ދެ ގައުމުގެ ގުޅުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކުގައި ވާހަކަ ދެކެވުނެވެ.

އެގޮތުން އަވަށްޓެރި ގައުމުތަކަކަށް ވިޔަސް ޕާކިސްތާނާއި އީރާނަކީ ގިނަ ދުވަސްތަކެއް ވަންދެން ދެ ގައުމުގެ ފުރިހަމަ އިގްތިސާދީ ގާބިލްކަން ހާސިލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ދެ ގައުމަށްވެފައި، އީރާން-ޔޫއެސް ޑީލްގެ ތެރެއިން ފެންނަނީ ދެގައުމަށް ވެސް ގުޅުން ބަދަހި ކުރުމަށް ފުރުސަތެއްގެ ގޮތުގައިއާ އަދި ވިޔަފާރިއާއި ހަކަތައާއި ގުޅުން އިތުރު ކުރުމަށްވެސް ހުޅުވިގެންދާނެ ދޮރެއްގެ ގޮތުގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕެޒެޝްކިއާންގެ ދަތުރުފުޅުގައި އެމެރިކާއާ އިރާންގެ މައްސަލައިގެ މަޝްވަރާތަކުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ ޕާކިސްތާނު އާރމީގެ ޗީފު، ފީލްޑް މާޝަލް އާސިމް މުނީރުއާ ވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved