
އިރާނުން ފޮނުވާލި މިސައިލްތަކުން ސަހްޔޫނީން މުވާސަލާތީ ކަންކަމަށް ބޭނުންކުރާ އެންމެ މުހިންމު ސެޓްލައިޓް މަރުކަޒު އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ހަމަލާއަކީ ސަހްޔޫނީންނާއި އެމީހުންގެ މަދަދުގާރު އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ނުރައްކާތެރި އުދުވާނަށް ދިން ރައްދު ހަމަލާއެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާގައި ސަހްޔޫނީންގެ ޖާސޫސީ އިދާރާތަކުން ބޭނުންކުރާ އެންމެ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މިއީ ސަހްޔޫނީންގެ އަސްކަރީ ގާބިލިއްޔަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.
އިޒްރޭލާއި އެމެރިކާއިން އިރާނުގެ ބާރު ކަނޑުވާލުމަށް އެތައް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، މި ހަމަލާއިން ސާފުވެގެން ދިޔައީ އިރާން މިހާރު އޮތީ މާ ވަރުގަދަ އަދި ތައްޔާރީ ހާލަތެއްގައި ކަމެވެ. ހުޅަނގުގެ ބާރުތަކުން އިރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގައި، އިރާނުގެ އަސްކަރީ އުފެއްދުންތަކާއި ޓެކްނޮލޮޖީ މާ ކުރީގައި އުޅޭކަން މި ހަމަލާއިން ވަނީ ސާބިތުކޮށްދީފައެވެ.
އިރާނުގެ އަސްކަރީ ކޮމާންޑަރުން ވިދާޅުވާ ގޮތުގައި، ސަހްޔޫނީންގެ ނުބައި ރޭވުންތަކާއި އެމެރިކާގެ އިސްތިއުމާރީ ސިޔާސަތުތައް ބަލިކަށިކޮށްލުމަށް އިރާނުން އަބަދުވެސް އޮންނާނީ ތައްޔާރަށެވެ. އަދި މުސްލިމް އުންމަތުގެ ހައްގުގައި ކުރާ މި މަސައްކަތުގައި އިރާނަކީ މިއަދު ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ބަލިނުކުރެވޭނެ ފަދަ ވަރުގަދަ ބާރެކެވެ.
މި ހަމަލާއާ ގުޅިގެން ސަހްޔޫނީންގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާއިރު، އެމެރިކާއިން އަންނަނީ އިރާނުގެ މި ކުރިއެރުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އިސްލާމީ ބާރުތަކުން ގަބޫލުކުރާ ގޮތުގައި މިއީ އަނިޔާވެރިކަމާ ދެކޮޅަށް ލިބުނު ފަހުރުވެރި ކާމިޔާބީއެކެވެ.










