April 17, 2026
Advertisement
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން / ގެޓީ އިމޭޖަސް

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެމެރިކާއިން އދ. އަށް ގަރާރެއް ހުށަހަޅައިފި

Azzama
އައްޒާމާ
Mar 21, 2024, 11:13 PM

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ބުދަ ދުވަހު ވިދާޅުވީ "ވަގުތުން ހަނގުރާމަ ހުއްޓާލުމަށް" ގޮވާލާފައިވާ ގަރާރެއް، އޭގައި ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު މީހުން ދޫކުރުން ހިމެނޭ ގޮތަށް ޑްރާފްޓެއް އދ. އަށް އެމެރިކާއިން ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި ޓްރާންސްކްރިޕްޓެއްގައި ބުނެފައި ވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި އަލްހަދާތަށް ދިން އިންޓަވިއުއެއްގައި ބްލިންކެން ވަނީ އެއްބަސްވުމެއް "ގާތްވަމުން އަންނަ" ކަމަށާއި "ފަރަގުތައް ހަނިވަމުން އަންނަ" ކަމަށް ބުނެފަ އެވެ.  "އަޅުގަނޑަށް ހީވަނީ އެއްބަސްވުމަކީ ވަރަށް ބޮޑަށް ކުރެވޭނެ ކަމެއް ކަމަށް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އިންޓަވިއުގައި ބްލިންކެން ވިދާޅުވީ ބައިޑަންގެ ވެރިކަމުން ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމާ އެކު "ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޕްރެޝަރު ކުރަމުން އަންނަ" ކަމަށެވެ.

އިންޓަވިއު ކުރި މީހާ ބްލިންކެން އަށް ސުވާލުކުރަމުން އަހާފައިވަނީ "ބައެއް މީހުން ސުވާލު އުފައްދަނީ އިސްރާއީލަށް އެކަން ކުރުމަށް ޕްރެޝަރު ކުރަނީ ކިހިނެއްތޯ މާލީ އަދި އަސްކަރީ ގޮތުން އެމީހުންނަށް ތާއީދު ކުރަމުންދާއިރު، އަދި އދ.ގައި ވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވައުދުވާ ކޮންމެ ގަރާރެއް ވީޓޯކުރާއިރު؟"

ބްލިންކެން ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ ސަލާމަތީ މަޖިލީހުގެ ކުރިމަތީގައި އެމެރިކާގެ ގަރާރުގައި "ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާ އެކު ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ކަމަށާއި އެކަމަށް ގައުމުތަކުން ތާއީދު ކުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރާ" ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved