June 25, 2026
Advertisement
-
-

ނަތަންޔާހޫ ހިފަހައްޓާނެ ކަމުގެ ޔަގީންކަން އެމެރިކާއިން ޕާކިސްތާން މެދުވެރިކޮށް އީރާނަށް އަރުވައިފި

Aiminath Sarah
އައިމިނަތް ސާރާ
Jun 25, 2026, 05:40 PM
މާލެ ސިޓީ

މެދުއިރުމަތީގެ މަސްރަހު ހޫނުވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިފެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ޕާކިސްތާނަށް ދެއްވައިފިއެވެ.

Advertisement

މި މުހިންމު ޔަގީންކަން ޖޭޑީ ވެންސް ޕާކިސްތާނަށް ދެއްވުމާ ގުޅިގެން، ޕާކިސްތާނުގެ ސަރުކާރުން ވަނީ އެ މެސެޖު ސީދާ އީރާނުގެ މަތީ ލީޑަޝިޕަށް ފޯރުކޮށްދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުން އެންމެ ބޮޑަށް އިތުބާރުކުރާ ގައުމަކީ ޕާކިސްތާނެވެ. އެހެންކަމުން މި ނާޒުކު ދަނޑިވަޅުގައި އެމެރިކާގެ މެސެޖު އީރާނަށް ރައްދުކުރުމުގައި ޕާކިސްތާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މުއާމަލާތުގެ ތެރެއިން ފާހަގަކުރެވުނު އަނެއް ކަމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖޭޑީ ވެންސްގެ ޓީމާއެކު ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާއްވަވާ ގާތް ގުޅުމެވެ. މި ދެ ގައުމުގެ ލީޑަޝިޕްގެ މެދުގައި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މި ފިޔަވަޅަކީ އިޒްރޭލުން ސަރަހައްދީ ހަނގުރާމައެއް ފެށުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް އެމެރިކާގެ އާ ސަރުކާރުން އަޅަން ފެށި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved