April 17, 2026
Advertisement
މިސައިލް ހަމަލާގައި ލިބުނު ގެއްލުންތަކަށް ޔޫކްރޭނުގެ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ
މިސައިލް ހަމަލާގައި ލިބުނު ގެއްލުންތަކަށް ޔޫކްރޭނުގެ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ / ގެޓީ އިމޭޖަސް

ޔޫކްރޭނުގެ ވެރިރަށަށް ރަޝިޔާއިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

Azzama
އައްޒާމާ
Mar 22, 2024, 05:25 PM

ބުރާސްފަތި ދުވަހުގެ ފަތިހުގެ ކުރިން ކިއެވްއަށް ދެ ޑަޒަނަށް ވުރެ ގިނަ މިސައިލް ރަޝިޔާއިން ފޮނުވާލިއިރު، މިއީ ހަ ހަފްތާގެ ތެރޭގައި ޔޫކްރޭނުގެ ވެރިރަށަށް ދިން ފުރަތަމަ ހަމަލާއެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުން ވަނީ ބިމު އަޑީ ސަބްވޭ އަށް ސަލާމަތްވުމަށް ވަދެފަ އެވެ.

Advertisement

އެއާ ޑިފެންސް އިން ފޮނުވި 31 މިސައިލް ވެސް ވައްޓާލި ނަމަވެސް ވެއްޓުނު މިސައިލްގެ ހަލާކުވެފައިވާ ބައި ތަކުން އިމާރާތްތަކަށް ގެއްލުންވެ ކުޑަކުއްޖަކު ހިމެނޭ ހެން 13 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ވައިގެ ހަމަލާތަކުގެ ސައިރެންތައް މެދުނުކެނޑި ކުރިޔަށްދިޔައިރު ގާތްގަނޑަކަށް 3،000 ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 25،000 މީހުން ސަބްވޭ ސްޓޭޝަންތަކުގައި ހިޔާވަހިކަން ހޯދާފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ގޮވުމުގެ ސަބަބުން އެޕާޓްމަންޓުގެ ދޮރާއި ކުޑަދޮރު ހަލާކުވެފައިވާ އުމުރުން 71 އަހަރުގެ ރައިސާ ކޮޒެންކޯ ބުނީ އޭނާގެ ދަރިފުޅަށް އެނދުން ފުންމާލެވުނީ ކިރިޔާ ކަމަށެވެ. "އޭނާ އޮތީ ލެއިން ތަތްތެޅިފައި" ތުރުތުރު އަޅަމުން ރައިސާ ބުންޏެވެ. "އަދި ބުނަން އޮތްހާވެސް އެއްޗަކީ ... އެޕާޓްމަންޓް މުޅިން ހަލާކުވެއްޖެ."

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved