July 6, 2026
Advertisement
-
-

ނަތަންޔާހޫގެ ތައުރީފް އިންޑިއާއަށް: އިސްރާއީލަށް އިންޑިއާގެ މަދަދު ލިބޭކަމަށް ބުނެފި

Aiminath Sarah
އައިމިނަތް ސާރާ
Jul 5, 2026, 10:26 PM
މާލެ ސިޓީ

އިސްރާއީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ބާރުލިބޭ ގޮތަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ތަޢުރީފުކޮށް ވާހަކަދައްކަވައިފިއެވެ.

Advertisement

ނަތަންޔާހޫ ދެއްވި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ގާތް އެކުވެރިންގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށެވެ. އަދި 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއިން އިސްރާއީލަށް ބޮޑު ތާއީދެއް ލިބެމުންދާކަން އޭނާ ފާހަގަކުރިއެވެ. ޚާއްޞަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކް މެދުވެރިކޮށް، އިންޑިއާގެ ރައްޔިތުންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު ތާއީދެއް ލިބެމުންދާ ކަމަށާއި، އޭނާގެ ފޭސްބުކް ޕޭޖު އޮތީ އިންޑިއާ މީހުން ފޮނުވާ ތާއީދުގެ މެސެޖުތަކުން ފުރިފައި ކަމަށްވެސް ނަތަންޔާހޫ ބުންޏެވެ.

އިސްރާއީލުން ޣައްޒާގެ މުސްލިމުން ނައްތާލުމަށް ހިންގާ ގަތުލުއާންމަށް އިންޑިއާއިން މިފަދަ ބޮޑު ތާއީދެއް ދެމުންދާއިރު، ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވުމަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ. ފަލަސްޠީނުގެ މުސްލިމުންގެ ލޭ އޮހޮރުވައިލުމުގައި ބައިވެރިވާ މިފަދަ ޤައުމަކާއެކު، ދިވެހި ސަރުކާރުން ގުޅުން ބަދަހިކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަންނަނީ އަމާޒުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved