July 21, 2026
Advertisement
-
-

މޭބީ އިޓްސް ކަމިން ހޯމް!

Aiminath Sarah
އައިމިނަތް ސާރާ
Jul 15, 2026, 10:16 PM
މާލެ ސިޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ދުނިޔޭގެ ފުޓްބޯޅައިގެ ދެ ގަދަބާރު ކަމަށްވާ އާޖެންޓީނާއާއި އިންގްލޭންޑް ކުރިމަތިލާނެއެވެ. ރާއްޖެ ގަޑިން މިރޭ 12:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ، ނުހަނު ވާދަވެރި ކުރިމަތިލުމަކަށް ވާނެއެވެ.

Advertisement

މި މެޗަށް ކުރިމަތިލާއިރު، އިންގްލޭންޑުގެ ސަޕޯޓަރުން އުއްމީދު ކުރަމުންދަނީ އެ ގައުމުގެ މަޝްހޫރު ސޭއިންގް "އިޓްސް ކަމިން ހޯމް" ގެ ރޫހުގައި ތަށި ކާމިޔާބު ކުރުމަށެވެ. ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު އިންގްލޭންޑަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.

މި މުބާރާތުގެ ތެރޭގައި ސޯޝަލް މީޑިއާގައާއި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. އެއީ ފީފާއިން އާޖެންޓީނާއަށް ޖެހިގެން "ފޭވާ" ކުރަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ކުރަމުންދާ ތުހުމަތުތަކެވެ. މީގެ ކުރީގެ މެޗުތަކުގައި ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން މި އަޑުތައް ގަދަވެފައިވާއިރު، މިރޭގެ މެޗުގައި ރެފްރީންގެ ނިންމުންތަކަށް ގިނަ ބައެއްގެ ލޯތައް އަމާޒުވާނެއެވެ.

މިރޭގެ މެޗަކީ ފައިނަލަށް ދިއުމަށް ދެ ގައުމަށްވެސް އޮތް އެންމެ ފަހު ހަރުފަތެވެ. އާޖެންޓީނާއިން އެމީހުންގެ ތަށި ދިފާއުކުރުމުގެ އަޒުމުގައި ނުކުންނައިރު، އިންގްލޭންޑުން އޮތީ އަހަރުތަކަކަށްފަހު ތަށި "ގައުމަށް" ގެންދިއުމުގެ ވަރުގަދަ އަޒުމުގައެވެ.

ފުޓްބޯޅަ އެނަލިސްޓުން ބުނާ ގޮތުގައި، މިރޭގެ މެޗަކީ ފޯރިގަދަ، އަދި އެހާމެ ޖަޒުބާތުން ފުރިގެންވީ މެޗަކަށް ވާނެއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ފުޓްބޯޅައިގެ ތާރީޚީ ވާދަވެރިކަމުގެ ސަބަބުން، މި މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެކަން ކަށަވަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved