July 15, 2026
Advertisement
-
-

ހިމަބިހި ޖެހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jul 13, 2026, 07:51 PM
މާލެ ސިޓީ

ހިމަބިހި (މީސަލްސް) ޖެހިގެން ހާލު ދެރަވެ، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 20 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

Advertisement

މި ބަލީގައި ނިޔާވެފައިވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހިމް ދިޔާޝް ރަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިޔާޝް ހިމަބިއްސަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާ ނިޔާވީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހިތްހެޔޮ އަދި އެންމެންނާ ގުޅޭ މި ޒުވާނާގެ ކުއްލި ވަކިވުމާ ގުޅިގެން އާއިލާއަށާއި ފިޔޯރީގެ ރައްޔިތުންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން، ހިމަބިއްސަކީ ނުރައްކާތެރި ބައްޔެއްކަން ފާހަގަކޮށް، ސިއްހީ މާހިރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ހިމަބިއްސަކީ ވެކްސިން ދީގެން ކޮންޓްރޯލް ކުރެވޭ ބައްޔަކަށް ވީނަމަވެސް، ވެކްސިން ފުރިހަމަ ނުކުރުމަކީ ބަލި ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމެކެވެ. އެހެންކަމުން، ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ޝެޑިއުލް ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

މި ދަތި ވަގުތުގައި މަރުހޫމް ދިޔާޝްގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved