July 15, 2026
Advertisement
-
-

ރެފްރަންޑަމް ވޯޓަށްފަހު ސްޕޮންސަރު ހުއްޓިއްޖެ: ކްލަބްތައް ބާކީވެ، ދިވެހި ފުޓްބޯޅަ އިނދަޖެހެނީ

Aiminath Sarah
އައިމިނަތް ސާރާ
Jul 14, 2026, 11:48 PM
މާލެ ސިޓީ

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ދިވެހި ފުޓްބޯޅަ އާރާސްތުކުރުމުގެ ނަމުގައި ފަސްޓް ޑިވިޝަންގެ ކްލަބްތަކަށް ދެމުންދިޔަ 1 މިލިއަން ރުފިޔާގެ ސްޕޮންސަރު ކުއްލި ގޮތަކަށް ހުއްޓާލުމުން، ރާއްޖޭގެ ބޮޑެތި ކްލަބްތައް ބޮޑު ހާލެއްގައި ޖެހިއްޖެއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ނުފޫޒާއެކު ދެމުންދިޔަ މި ސްޕޮންސަރު އެއްކޮށް ކަނޑާލާފައިވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރެފްރަންޑަމް ވޯޓަށްފަހުގައެވެ. ގިނަ ކްލަބްތަކުގެ އޮފިޝަލުން ކަންބޮޑުވުމާއެކު ފާހަގަކުރާ ގޮތުގައި، އޭޕްރީލް މަހުން ފެށިގެން މިހާތަނަށް އެއްވެސް ކްލަބަކަށް މި ސްޕޮންސަރުގެ ފައިސާ ލިބިފައެއް ނުވެއެވެ. މި ސްޕޮންސަރ ދެމުން ދިޔައީ "ދެމިތް" އަދި "ދިމްޔާތް" ނަމުގައި ކަމަށްވެއެވެ.

ފަސްޓް ޑިވިޝަންގެ ގިނަ ކްލަބްތަކަކީ ސަރުކާރުން ވީ ވައުދާ އެއްގޮތަށް، މި ސްޕޮންސަރަށް މުޅިން ބަރޯސާވެގެން ކުޅުންތެރިންނަށް މުސާރަދީ، ކްލަބްގެ އިދާރީ ކަންކަން ހަމަޖައްސަމުން އައި ބައެކެވެ. ނަމަވެސް، އެއްވެސް އެންގުމަކާ ނުލައި ކުއްލިއަކަށް ފައިސާ ދިނުން ހުއްޓާލުމުން، ކްލަބްތައް ހިންގޭނެ ގޮތެއް ނެތި، ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލު މިވަނީ އަނދިރިވެފައެވެ.

މި މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިއީ ސިޔާސީ ބޭނުމަކަށް ދިން "ކޮޅުފައި" އެކެވެ. ފުޓްބޯޅަ ކުރިއަރުވަން ވަރުވަރުން ވާހަކަދައްކާފައި، ވޯޓަކުން ބަލިވީމާ އޭގެ ބަދަލު ރައްޔިތުންނާއި ޒުވާނުންގެ ކިބައިން ހިފުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ގޮތަށް ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

ދިވެހި ފުޓްބޯޅަ އަށް ދިމާވެފައިވާ މި ހިތްދަތި ހާލަތަކީ، ސިޔާސީ މަންފާއަށްޓަކައި ކުޅިވަރު ބޭނުންކުރުމުގެ ނަތީޖާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ރައީސް މުއިއްޒުގެ ސަރުކާރަށް މަލާމާތާއި ފާޑުކިޔުން އަމާޒުކުރަމުންނެވެ. ވޯޓު ހޯދަން ދެއްކި "ދިމްޔާތު" ސްޕޮންސަރު، ވޯޓު ނިމުމާއެކު ހުސްވުމަކީ އިޚްލާޞްތެރިކަމެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved