March 20, 2026
Advertisement
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އޮންނާނީ އޭޕްރިލް8ގައި
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން އޮންނާނީ އޭޕްރިލް8ގައި / ސޯޝަލް މީޑިއާ

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރާނީ އެޕްރިލު 8ގައި: ޑީޖޭއޭ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 23, 2024, 06:40 PM
މާލެ ސިޓީ

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން އޮންނާނީ އޭޕްރީލް 08 ވަނަ ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

Advertisement

ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ އެ ވަގުތަކު އެ ރަށުގެ ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ.

އެގޮތުން ޝައްވާލު މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29 (2024 އޭޕްރީލް 08) ވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ ހުޅުވިފައި ހުންނާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މީގެއިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ވެސް ހުންނާނެއެވެ.

ޑީޖޭއޭއިން ވަނީ މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދެއްވުން އެދިފައެވެ.

ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ހާމަކުރި ގޮތުގައި ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކަމާބެހޭ އިތުރު މައުލޫމާތެއްވާނަމަ އެ ޑިޕާޓްމަންޓުގެ ނަންބަރު 3340828/ 3340846 ފޯނަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved