March 20, 2026
Advertisement
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން / ސޯޝަލް މީޑިއާ

މަޖިލީސް އިންތިހާބަށް ހަފްތާ ބަންދުގައިވެސް ރެކޯޑް ސާފްކޮށްދެނީ

Fathmath Reem
ފާތުމަތު ރީމް
Jan 24, 2024, 07:43 PM

ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން އަންނަ ހަފްތާ ބަންދު ދުވަސްތަކުގައިވެސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމްތައް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓޭޝަނުން ހަމަޖައްްސައިފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތި ލުމުގުެ ފުރުސަތު މި ހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޑީޖޭއޭ އިން ބުދަ ދުވަހު ވިދާޅުވީ ކުރިއަށް މިއޮތް ދެ ހަފްތާ ބަންދު ދުވަސް ތަކުގައިވެސް އެ ޑިޕާޓުމެންޓުގެ ރިސެޕްޝަން ބައެއް ގަނޑިތަކުގައި ހުޅުވާފައި ހުންނާނެ ކަމަށެވެ. އެގޮތުން 2 ފެބްރުއަރީ ވާ ހުކުރު ދުވަހާ 9 ފެބްރުއަރީ ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 19:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށާއި އަދި 3 ފެބްރުއަރީ ވާ ހޮނިހިރު ދުވަހާ 10 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު 11:00 އިން މެންދުރުފަހު 15:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޑީޖޭއޭއިން ވިދާޅުވީ ރެކޯޑު ސާފުކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ހިނގާނެ ކަމަށާއި ރެކޯޑު ސާފުކުރުމަށް ހުށައަޅާއިރު މި މުއްދަތު ލިބޭނެ ހެން ހުށައެޅުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved