April 17, 2026
Advertisement
ޗައިނާ ކޯސްޓްގާޑުން ފިލިޕީންސް ބޯޓަށް ފެންބަޑި ޖަހަނީ
ޗައިނާ ކޯސްޓްގާޑުން ފިލިޕީންސް ބޯޓަށް ފެންބަޑި ޖަހަނީ / އޭޕީ

ޗައިނާ ކޯސްޓްގާޑުން ފިލިޕީންސް ބޯޓަށް ފެންބަޑި ޖަހައިފި

Azzama
އައްޒާމާ
Mar 24, 2024, 04:19 AM

ދެކުނު ޗައިނާ ކަނޑުގައި ސިޔާދަތީ މައްސަލަ ބޮޑު ސަރަހައްދެއްގައި ހޮނިހިރު ދުވަހު ޗައިނާގެ ކޯސްޓްގާޑުން ވަނީ ފިލިޕީންސްގެ ދޯނިތަކާ ދެކޮޅަށް ފެން ބަޑި ބޭނުންކޮށްފަ އެވެ.

Advertisement

މި ހަމަނުޖެހުން ހިނގާފައިވަނީ ޗައިނާގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއްކަމަށް ބުނާ ހިސާބަށް ފިލިޕީންސް ވަނުން ދިފާއު ކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ތަކުރާރު ކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

މި ހާދިސާގެ ވީޑިއޯއިން ފިލިޕީންސްގެ މަދަނީ އުޅަނދެއް ފެން ބަޑިން ލިބުނ "ބޮޑެތި ގެއްލުންތަކެއް" ދައްކުވައި ދިނެވެ.

އަދި ޗައިނާގެ ކޯސްޓްގާޑުން ފެން ބަޑި ބޭނުން ކުރުމުގެ ކުރިން ރީސަޕްލައި އުޅަނދުގެ ހުރަސްކޮށް "ނުރައްކާތެރި މެނިއުވަރެއް" ކުރި ކަމަށް ވެސް އޭއެފްޕީން ވަނީ ތުހުމަތުކޮށްފަ އެވެ.

އެގޮތުން ޗައިނާއިން އޭގެ ފަހުން ފްލޯޓިން ބެރިއާތައް "އެއްވެސް އުޅަނދެއް އިތުރަށް އެތެރެވުން ހުއްޓުވުމަށް" ހަރުކުރި ކަމަށް ބުނެފައިވެ އެވެ.

ފިލިޕީންސްގެ ޕަލަވާން ޖަޒީރާގެ އައްސޭރިފަށާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ސެކަންޑް ތޯމަސް ޝޯލްގައި ބެއިޖިން އާއި މެނިލާ އިން ސިޔާދަތީ ބާރު އޮންނަ ކަމަށް ދެގައުމުންވެސް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved