March 26, 2026
Advertisement
އަސްލަމް އެސެމްބަލީގައި ވާހަކަދައްކަވަނީ
އަސްލަމް އެސެމްބަލީގައި ވާހަކަދައްކަވަނީ / ޔޫޓިއުބް

ކުލައިމެޓް ރެފިއުޖީންނަށް ވާކަށް ދިވެހިން ނޭދޭ: އަސްލަމް

Aishath Naja
އައިޝަތު ނަޖާ
Mar 25, 2024, 05:29 PM

މޫސުމީ ބަދަލުތަކުގެ ސަަބަބުން ރާއްޖޭގެ ރައްޔިތުން ކުލައިމެޓް ޗޭންޖު ރެފިއުޖީންނަށް ވާން ދިވެހީން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Advertisement

އަސްލަމް މިހެން ވިދާޅުވީ އިންޓަ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ މައްސަލަތަކެއް ކަމަށާއި ދިވެހީންނަކީ މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށް ވެފައިވާ ބަޔަކަށް ވުމަށް ނޭދޭ ކަށެވެ.

ރާއްޖެއަކީ ބިންތިރި ގައުމަކަށްވެފައި މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ އަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރު ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މޫސުމީ ބަދަލުތަކުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެކަމުގެ އަގު އަދާކުރަންޖެހޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ދިވެހިންނަށް މޫސުމީ ރައްކާތެރިކަން ލިބިގެން ނޫނީ އަމަން އަމާން ކަމެއް ނެތް ކަމަށާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުން އައި މި ވެށި ދޫކޮށްލުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށް އަސްލަމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އައިޕީޔޫ އެސެމްބްލީގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ޕާލިމެންޓްރީ ޑިޕްލޮމެސީގެ ތެރެއިން ކުރެވޭނެ މަސައްކަތްތަކާއި އެކަންކަމަށް މަގުފަހިކުރުމުގެ މައްޗަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved