ހަލާލް މޭކަޕް ލައިނެއްކަމުގައިވާ ނޯޓު ރާއްޖެއަށް ތަޢާރަފުކޮށް، ދިވެހި އަންހެންކުދިންގެ މެދުގައި މަދު ދުވަސްތަކެއްގެ ތެރޭގައި މަޤްބޫލުކަން ހޯދުމަށް ފަހު އެ ބްރޭންޑުން ވަނީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ހަރުފަތެއް ގިރާކޮށްފައެވެ.
އެގޮތުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑްތަކާއި އެއް ފެންވަރުގެ ދިރާސާތަކަށް ކުރުމަށްފަހުގައި ހުރިހާ ވައްތަރެއްގެ ހަމަކާއި ގުޅޭގޮތައް އުފައްދާ ތައްޔާރުކުރާ ނޯޓުގެ ހުރިހާ ޕްރޮޑަކްޓެއް ހުޅުމާލެއިން ލިބޭނެ އިންތިޒާމު މިވަނީ ހަމަޖައްސާފައެވެ.
ޕްރޮޑަކްޓް ތައްޔާރުކުރުމުގައި އެއްވެސް ބާވަތެއްގެ އެސިޑެއް ބޭނުންކޮށްފައި ނުވާ މި މޭކް އަޕްގެ އައިޓުލެޓެއް ހުޅުމާލޭގައި ހުޅުވާފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. އެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ، ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ފާތިމަތު އަޝްފާގެ އިތުރުން ރާއްޖޭގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދެވެ.
މި އައުޓުލެޓުން ނޯޓުގެ ރާއްޖެއިން ލިބެން ހުރި ހުރިހާ ބާވަތެއް ލިބޭނެއެވެ. އެގޮތުން ތަފާތު ކުލަ ކަލއިގެ ލިސް ޓިކު، ލިޕް ގްލޮސް، ބްލަޝްއިން ފެށިގެން ގޮސް އައިލައިނަރއާ އައި ބްރޯގެ ޕެންސިލްވެސް އެކި ކުލަތަކުން ލިބެން ހުރެއެވެ. މީގެ އިތުރުން ތަފާތު ހަމުގެ ކުލަތަކާ ގުޅޭ ގޮތަށް ފައުންޑޭޝަންސް ވެސް ލިބޭއިރު ހަމުގެ ފަރުވާއަށް ޚާއްސަ އެކި އެކި ބާވަތްތައްވެސް ހުޅުމާލޭ ނޯޓު އައުޓުލެޓުން ލިބެން ހުރެއެވެ.
ކޮންމެ ދުވަހަކު ކަނބަލުން ބޭނުންކުރާ ނޯޓްގެ ޕްރޮޑަކްޓްތައް ގަނެލުމަށް، ހުޅުމާލޭގައި އުޅޭ ކަނބަލުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި ހުޅުވި އައުޓުލެޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ނޯޓް ކޮސްމެޓިކްގެ ސީނިއާރ މާރކެޓިންގ އެންޑް ސޭލްސް މެނޭޖާރ އަހްމަދު ނިޔާޒް ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ އަންހެން ކަނބަލުން މާލޭގައި ހުންނަ ނޯޓްގެ ފިހާރައަށް ދަތުރުކޮށްގެން ގޮސް ވިޔަފާރި ނުކޮށް ފަސޭހަގޮތެއްގައި ހުޅުމާލޭން ވިޔަފާރިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުން އެއީ ނޯޓަށްވެސް އަދި އެހެން ފަރާތްތަކަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ.
ގިނަ ވަގުތު ޖައްސައިން އުޅެން ފަސޭހަ އެހެން ގޮތަކަށް ދަންނަވަނީ ނަމަ "ލޯންގ ލާސްޓިން" މި މޭކް އަޕްގެ ބަވަތްތަކުގެ ފިހާރައިގެ އިތުރުން ހުކުރު ދުވަހުގެރޭ ވަނީ ޕްރީމިއަމް ޖިމް ވިއަރ ކަމަށްވާ ސްކޮޓް ވުލްފްގެ އައުޓްލެޓެއްވެސް ހުޅުވާފައެވެ. އެ ފިހާރައިން ކަސްރަތު ކުރަން ލާން ބޭނުްވާ ކޮސްޓިއުމްގެ ބާވަތްތައްވެސް ލިބެން ހުންނާނެއެވެ.
ދުނިޔޭގެ މަޝްހޫރު ފްރޭގްރެންސްތައް އަދި މަޤްބޫލް ބްރޭންޑުތަކުގެ ރީތިވާ ސާމާނު އެއް ތަނަކުން މިހާރު ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުޅުވުނު ނޯޓުގެ އައުޓު ލެޓުން ލިބިިގެން ދާނެއެވެ. މިއީ ރާއްޖޭގައި ހުޅުވި ނޯޓު ބްރޭންޑުގެ ދެވަނަ އައުޓު ލެޓެވެ.