April 27, 2026
Advertisement
ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މަނާކޮށް ވާނުވާ ޖަހައިފި
ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މަނާކޮށް ވާނުވާ ޖަހައިފި / ސޯޝަލް މީޑިއާ
ކުއްލި ހަބަރު

ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މަނާކޮށް ވާނުވާ ޖަހައިފި

Apr 27, 2026, 07:31 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ މުޒާހަރާތައް ލައިވްކޮށް ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިޔާއެން ޑް ބްރޮޑްކާސްޓުން ކޮމިޝަންއިން މީޑިޔާ ރިންގ ޕްރައިވެޓު ލިމިޓެޑްގެ ދަށުން ހިނގަމުން އަންނަ ޗެނަލް13 އަށް އަންގައިފިއެވެ.

Advertisement

އެކޮމިޝަންއިން ޗެނަލް13އަށް މިފަދައިން އަންގާފައިވަނީ އެ ޓީވީ ސްޓޭޝަންގެ ސީއީއޯ އިސްމާއިލް ސޮފްވާނަށް ފޮނުވި ސިޓީއެއްގައެވެ. އެ ސިޓީގައިވާ ގޮތުން ނަމަ ޕީއެންއެފްގެ މުޒާހަރާ ލައިވްކޮށް ދެއްކުން ވަގުތީ މަނާކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ބަލަމުންދަނީ ސީދާ ކޮން މައްސަލައެއް  ކަމަށް ހާމަކޮށްފައިނުވެއެވެ.

ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކުރައްވާ ފޮނުފައިވާ ސިޓީގައިވާ ގޮތުން 27 އެޕްރިލް 2026 ވާ ހޯމަ ދުވަހުން ފެށިގެން މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕީއެންއެފްގެ މުޒާހަރާ ލައިވްކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނި އަންގާފައެވެ.

ބެލެވޭ ގޮތުގައި މިއީ ޕީއެންއެފްގެ މުޒާހަރާތަކުގައި ސަރުކާރުގެ ކަންކަމާ މެދު ފާޑުކިޔަމުންދާ ދިއުން ހަޖަމްނުވެގެން ސަރުކާރުން ޕްރެޝަރކޮށްގެން ކޮމިޝަން މެދުވެރިކޮށް އެޅުވި ފިޔަވަޅެެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved