
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެކޮމޮޑޭޝަން ބްލޮކް މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ ދަރިވަރަކު މިދިޔަ ހޯމަ ދުވަހު އަމިއްލައަށް މަރުވުމުގެ ކުރިން ފުލުހުންނަށް ހަތް މެސެޖެއްކޮށް މުއާމަލަތްތަކެއް ހިނގިކަން ހާމަވެއްޖެއެވެ.
ރައީސް އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވަލަކަށް ޖަވާބު ދެމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދަނާލުގައި މަރުވި ކުއްޖާ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓަށް ހަތް ފަހަރު މެސެޖުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް އެ ދަރިވަރަށް ދެ ފަހަރު މެސެޖު ކުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ދަރިވަރު މަރުވެފައި ހުރި މަންޒަރު ފެނުނީ ފުލުހުން ދަނާލަށް ގޮސް ބެލިބެލުމުން ކަމަށް ވެސް ހޯމް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. އެގޮތުން ދަނާލަށް ފުލުހުން ދިޔައިރު ދަރިވަރުގެ ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެން ލައިޓު ތްރޫކޮށް ބެލިއިރުގައި މި ހަދިސާ ހިނގާފައިވާ ތަން ފެނުމުން ފެން ލައިޓުގެ ޒަރިއްޔާއިން ފުލުހުން ސީނަށް ވަނީ ކަމަށްވެސް އިހުސާން މައުލޫމާތު ދީފައިވެއެވެ.
މަރުވުމުގެން ފުލުހުންނާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކުގެ ޓައިމްލައިނަށް ބަލާއިރު ތަފްސީލަކީ:
އެޕްރިލް 20 ވަނަ ދުވަހުގެރޭގައި
20:40 - ދަރިވަރު: "އައި އެމް ސޯ ކްލޯސް ޓު ގިވް އަޕް"
20:49 - ވިކްޓިމް ސަޕޯޓް ޔުނިޓް: "ހައި. ވުޑް ޔޫ ލައިކް ޓު ޝެއާ ވިތު އަސް"
20:50 - ދަރިވަރު: "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް"
20:53 - ދަރިވަރު: "ޕްލީޒް ޑޯންޓް ކޯލް އެނީވަން"
20:53 - ދަރިވަރު: "އައި އެމް އޯކޭ. އައި އެމް ގޮއިން ޓު ބީ އޯކޭ"
20:53 - ދަރިވަރު: "އައި ހޭވް ބީން އޯކޭ"
20:53 - ދަރިވަރު: "އައި އެމް ގޮއިން ފޯ އަ ވޯކް"
00:38 - ދަރިވަރު: "އައި އެމް ގޯން"
00:42 - ވިކްޓިމް ސަޕޯޓް ޔުނިޓް: "ވަޓް ޑޫ ޔޫ މީން ބައި ދެޓް. ހައު ކޭން އައި ހެލްޕް ޔޫ. ވުޑް ޔޫ ލައިކް ޓު ގޯ ޓު ހޮސްޕިޓަލް އޯ ޓޯކް ޓު މީ.
00:57 - ދަރިވަރުގެ ވައިބާ ނަންބަރު އޮފްލައިން ވި
01:02 - ދަރިވަރުގެ ބޭބެއަށް ފުލުހުން ގުޅި. އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުން. ދަރިވަރުގެ ބޭބެއަށް 00:36 ގައި މެސެޖެއް ކޮށްފައިވާ ކަމަށް އެނގުނު. އެ މެސެޖުގައި ބުނެފައި ވަނީ، "އައި އެމް ނޮޓް ބޮދާޑް".
01:03 - ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓުން ފުލުހުންގެ ކޮމާންޑަށް ގުޅައި ދަނާލަށް ފުލުހުން ފޮނުވައިދިނުމަށް އެދުނު
01:04 - ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ އިންވެސްޓިގޭޝަން އޮފިސަރަށް އެ މައުލޫމާތު ލިބުނު
01:08 - ފުލުހުން ދަނާލަށް ދިޔަ
01:14 - ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ
01:32 - ދަރިވަރުގެ ކޮޓަރިއަކީ ކޮބައިކަން ހޯދުނު. އަދި ކޮޓަރީގެ ފެން ލައިޓުން ބެލި އިރު ހާދިސާ ހިނގާފައި ހުރި މަންޒަރު ފުލުހުންނަށް ފެނުނު.
ދަރިވަރަކީ، އަމިއްލައަށް މަރުވުމުގެ ޝުއޫރުތަކެއް މީގެ ކުރިން ވެސް ހިތަށްވެރިވާ ކުއްޖެއް ކަމަށް އިހުސާން ބުންޏެވެ. އަދި މީގެ ކުރިން ވެސް ފުލުހުން އެ ދަރިވަރަށް އެޓެންޑުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ނަމަވެސް މިވަރުގެ އިހސުާސުތަކާ ޚިޔާލުތައް ގެންގުޅޭ ކުއްޖަކު އެކަނި ދޫކޮށްލާފައި ހުރި ސަބަބެއް ހާމަނުކުރައްވައެވެ.










