
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ހުރި 18 އަހަރުގެ އަންހެނަކު މަރުވި މައްސަލައިގައި އޭނާގެ ޒާތީ މައުލޫމާތުތަކެއް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހާމަކުރުމުން އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހްސާން ވަނީ އެ ޒުވާނާ ފުލުހުންނާ ޗެޓްކޮށް ދައްކާފައިވާ ވާހަކަތައް ހިއްސާކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، ވިކްޓިމްގެ ޒާތީ މެސެޖްތައް މީޑިއާއަށް ކިޔާ ދިނުން "ސަޅިއެއް ނޫން އަދި ގަދައެއް ވެސް ނޫން" ކަމަށެވެ.
އެހެންކަމުން މިނިސްޓަރުކަމުން އިހްސާން އިސްތިއުފާދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.










