ބަރަކް އޮބާމާ ވަނީ މިދިޔަ ހުކުރު ދުވަހު ވައިޓް ހައުސްގެ އާއިލީ ޑައިނިން ރޫމްގައި އެތައް ގަޑިއިރެއް ހޭދަކޮށް، އޭނާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ޒިޔާރަތް ކުރައްވައިފަ އެވެ. އެދެމީހުންގެ މި ބައްދަލުވުމަކީ ދެ ރައީސުންގެ މުވައްޒަފުންނަށް ކޮންމެވެސް ވަރެއްގެ ކުޑަ ރީޔޫނިއަންއެއްގެ ގޮތުގައި ވެގެން ދިޔަ ބައްދަލުވުމެކެވެ.
އޮބާމާ ފާއިތުވި މަސްތަކުގައި ވަނީ ނޮވެމްބަރު މަހު ޑޮނަލްޑް ޓްރަމްޕްއާ ބައިޑަންގެ ކުރިމަތިލުން ވަރުގަދަވާނެ ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.
ބައިޑަން އާއި އޮބާމާ އާއި އެކު ކުރީގެ ހައުސް ސްޕީކަރު ނޭންސީ ޕެލޯސީ ވަނީ އެފޯޑަބަލް ކެއާ އެކްޓަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި ވައިޓް ހައުސްގެ ގެކޮޅުގައި ބޭއްވި އޯގަނައިޒިން ކޯލެއްގައި ބައިވެރިވެފައެވެ. "އަހަރެމެންނަށް އިތުރު ކަމެއް ކުރުމުގެ ފުރުސަތު އެބައޮތް، އެކަމަކު އެކަން ވާނީ ނޮވެމްބަރު މަހު ޖޯ އާއި ކަމާލާ އަނބުރާ ވައިޓް ހައުސްއަށް ފޮނުވައިފިއްޔާ،" ވީޑިއޯގައި އޮބާމާ ވިދާޅުވި އެވެ. "އެހެންވީމަ، އަހަރެމެން މަސައްކަތް ކުރަމުން ގެންދަން ޖެހޭނެ."
އޮބާމާ ބައިޑަންއަށް ވިދާޅުވީ މި މަހުގެ ކުރީކޮޅު ސްޓޭޓް އޮފް ދަ ޔޫނިއަންގައި ދެއްކެވި ވާހަކަފުޅުތަކަކީ ފައިދާހުރި ވާހަކަތަކެއް ކަމަށެވެ . އަދި ކުރިއަށް އޮތް އިންތިހާބުގައި ސިއްހީ ފަރުވާއަކީ ސިޔާސީ ގޮތުން ވަރުގަދަ އަދި މުހިންމު މައްސަލައަކަށް ވާނެ ކަމަށް ގަބޫލުކުރާ މިންވަރަށް ވެސް އޮބާމާ ވަނީ ބައިޑަންއަށް ބާރުއަޅުއްވާފަ އެވެ.
އަދި ކުރިއަށް އޮތް ހަފްތާތަކުގައި ތައާރަފް ކުރަން ރާވާފައިވާ ކަމަށް ދެ ރައީސުން ހިމެނޭ އެހެން ކޮންޓެންޓެއް ވެސް ކެމްޕޭންގައި ރެކޯޑްކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
އޮބާމާ އާއި ބައިޑަން ގަވާއިދުން ވާހަކަ ދައްކަވާ ކަމަށް މަސްދަރުތަކުން ބުނާއިރު، ކުރީގެ ރައީސް ވައިޓް ހައުސްގެ ބައެއް އިސް އޮފިޝަލުންނާ ގާތް ގުޅުން ބާއްވައެވެ.
މިދިޔަ އަހަރު މިހާރުގެ ރައީސް އަލުން އިންތިޚާބުގައި ބައިވެރިވުމަށް އިއުލާން ކުރެއްވި ފަހުން ކުރީގެ ރައީސް ވަނީ ދޭތެރެ ދޭތެރެއިން ބައިޑަންއަށް ސަޕޯޓް ހޯދުމަށް އެކި ހަރަކާތްތައް ބާއްވާފައެވެ.