ހުޅަނގާއި ގުޅުން ކަނޑާލުމަށްފަހު އާ އެއްބަސްވުމުގެ ދަށުން ރަޝިޔާގެ އަސްކަރީ އިންސްޓްރަކްޓަރުންގެ އެތައް ބަޔަކު ނައިޖަރަށް އަތުވެއްޖެއެވެ.
ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުން ނައިޖާއަށް އައިސްފައިވަނީ ޒަމާނީ ވައިގެ ދިފާއީ ނިޒާމަކާއެކުގައެވެ.
އެ ނިޒާމު ގާއިމްކޮށް، ނައިޖަރުގެ ސިފައިންނަށް އެ ނިޒާމު ބޭނުން ކުރަން ދަސްކޮށްދޭނެ ކަމަށް ބެލެވެ އެވެ.
ހުޅަނގު އެފްރިކާގެ މި ގައުމަކީ އަސްކަރިއްޔާއިން ވެރިކަންކުރާ ސާހެލް ސަރަހައްދުގައި ދާދި ފަހުން ރަޝިޔާއާ ގުޅުން ބަދަހިކޮށްފައިވާ އެއް ގައުމެވެ.
ނައިޖަރުގެ އަސްކަރީ ސަރުކާރުގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ ރަޝިޔާއިން އެގައުމުގައި ތިބީ ސިފައިން ތަމްރީނު ކުރުމަށް ކަމަށެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ޕެރަމިލިޓަރީ ގްރޫޕް އެފްރިކާ ކޯޕްސް، ރަޝިޔާގެ އެކްސްޕެޑިޝަނަރީ ކޯޕްސް (އާރުއީކޭ) ގެ ނަމުން ވެސް މަޝްހޫރު މި ގްރޫޕް ޓެލެގްރާމްގައި ލިޔެފައި ވަނީ މިއީ ނައިޖަރަށް ދިޔަ ފުރަތަމަ ސާވިސްމަނުންނާއި ވޮލަންޓިއަރުންގެ ގްރޫޕު ކަމަށެވެ.
އެޓޭޗްކޮށްފައިވާ ވީޑިއޯއެއްގައި ކޯޕްސްގެ ސާވިސްމަނަކު ފްރާންސް ބަހުން ބުނެފައި ވަނީ އެމީހުން އެތަނުގައި ތިބީ ގައުމުތަކުގެ މެދުގައި "އަސްކަރީ އެއްބާރުލުން ތަރައްގީ ކުރުމަށް" ކަމަށާއި ތަމްރީނުތަކަށް އެހީތެރިވުމަށް "އެކި ހާއްސަ އަސްކަރީ ސާމާނު" ގެނެސްފައިވާ ކަމަށެވެ.
ރަޝިޔާގެ އިންސްޓްރަކްޓަރުން ސާމާނު ފުރިފައިވާ ކާގޯ ބޯޓެއް ބާލާ މަންޒަރު ފެންނަ ފޫޓޭޖް ނައިޖަރުގެ ދައުލަތުގެ ޓީވީން ދައްކާފައިވެ އެވެ.
ޑިމޮކްރަސީ ޕްރޮމޯޓްކުރާ ކޮންރަޑް އެޑެނައުއާ ފައުންޑޭޝަންގެ ސާހެލް ސަރަހައްދުގެ ސްޕެޝަލިސްޓެއް ކަމަށްވާ އުލްފް ލެސިންގް ބީބީސީ ވޯލްޑް ސާވިސްގެ ނިއުސްޑޭ ޕްރޮގްރާމްގައި ބުނީ އަސްކަރީ ސާމާނަކީ "ވެރިކަން ދެމެހެއްޓުމުގެ ޕެކޭޖެއްގެ ބައެއް" ކަމަށް ފެންނަ ކަމަށެވެ.
ބަޣާވާތަކުން ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް މިދިޔަ އަހަރު ވެރިކަމުން ވައްޓާލި ޖަންޓާއިން ވަނީ އޭގެ ފަހުން ފްރާންސް - ކުރީގެ އިސްތިއުމާރީ ބާރު - އާ އެކު އަސްކަރީ އަދި ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި އެމެރިކާއާ އެކު ވެވުނު އެއްބަސްވުން ބާތިލްކޮށްފަ އެވެ.
ބަޣާވާތާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން އެގައުމާ އެކު ކުރަމުން އަންނަ ސަލާމަތީ އެއްބާރުލުން ވަނީ މެދުކަނޑާލާފައެވެ.
ލެސިންގ ވިދާޅުވީ ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސިޔާސީ އަދި އިގްތިސާދީ އިއްތިހާދު ކަމަށްވާ އީކޯވާސް އިން ނައިޖަރަށް އޮތް ނުރައްކަލާ މެދު އަސްކަރީ ސަރުކާރުން އަދިވެސް ކަންބޮޑުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖިހާދީ ހަނގުރާމަވެރިން ފިއްތާލުމަށް އެހީތެރިވުމަށް ވުރެ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމެއް ފޯރުކޮށްދިނުމުގެ ސަބަބަކީ މިއީ ކަމަށް ބެލެވޭ ކަމަށެވެ.
ޖާސޫސީ ޖަމިއްޔާ ބީކަން ސެކިއުރިޓީގެ ކަބީރު އަދަމު ވިދާޅުވީ ނައިޖަރު ދަނީ ރަޝިޔާ، ޗައިނާ އަދި އީރާން ހިމެނޭ ގޮތަށް ހުޅަނގު ބްލޮކުން ބޭރުގެ ގައުމުތަކާ ކައިރިވަމުން ކަމަށެވެ. އޭނާ ވިދާޅުވީ އަވަށްޓެރި މާލީގައި ހިނގާފައިވާ ފަދައިން ރަޝިޔާއާ އެކު އިއްތިހާދު ހެދުމުން ޖަންޓާއަށް މަދަނީ ވެރިކަމަށް އެނބުރި ދިއުން އިތުރަށް ލަސްކުރުމަށް ހިތްވަރު ލިބިދާނެތީ ބިރުގަންނަ ކަމަށެވެ.
އިކޯވާސްގެ ކޮމިޝަނަރު ފޯ ޕޮލިޓިކަލް އެފެއާޒް، ޕީސް އެންޑް ސެކިއުރިޓީ އަބްދުލް ފަތައު މޫސާ ފާހަގަކުރެއްވި ގޮތުގައި ނައިޖަރުން މާލީ އާއި ބުރްކިނާ ފާސޯގެ ފިޔަވަޅުމަތީގައި ދަތުރުކުރަމުންދާކަން ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ވެސް ނައިޖަރު އިކޯވާސް އިން ސަސްޕެންޑް ކުރި ނަމަވެސް ޖެނުއަރީ މަހު ޖަންޓާ އިސްވެ އޮވެ އޮންނަ ގައުމުތަކުން ވަނީ އެ ބްލޮކުން ވަކިވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އޭނާ ވަނީ ސާހިލް ސަރަހައްދުގައި ދިގު މުއްދަތަކަށް ހަމަނުޖެހުން ހިނގައިދާނެ ކަމުގެ ބިރު ފާޅުކުރައްވާފައެވެ.
"އަޅުގަނޑުމެންގެ މަޤާމު ސާފު. އިންސާނީ ހައްގުތަކާ ޚިލާފުވާ އެއްވެސް ކަމެއްގެ ޒިންމާ އަޅުގަނޑުމެން ނަގަން ޖެހޭނީ އުފަން ގައުމުން."