March 10, 2026
Advertisement
.
. / ސީ.އެން.އެން

އިރާނަށް ރައްދު ހަމަލާ ދިނުމާމެދު އިސްރާއީލުން ބަހުސް ކުރަނީ

Azzama
އައްޒާމާ
Apr 15, 2024, 11:53 PM

އިސްރާއީލުގެ ހަނގުރާމަވެރި ކެބިނެޓުން ހަފްތާ ބަންދުގައި އީރާނުން އެގައުމަށް ދިން ހަމަލާއަށް ރައްދުދޭނެ ގޮތަކާއި ވަގުތެއްގެ ހޫނު ބަހުސްތަކެއް ކުރަމުންދާ ކަމަށް އެ މަޝްވަރާތަކަށް އަހުލުވެރި އިސްރާއީލުގެ ދެ އޮފިޝަލަކު ބުނި ކަމަށް ސީއެންއެންއިން ރިޕޯޓް ކޮށްފިއެވެ.

Advertisement

ހަނގުރާމަވެރި ކެބިނެޓުން އީރާނުގެ ހަމަލާއަށް ރައްދު ދިނުމަށް އަޒުމް ކަނޑައަޅާފައި އޮތް ނަމަވެސް ހޯމަ ދުވަހުގެ މެންދުރު ފަހު ޖަލްސާ ބާއްވާއިރު، އެފަދަ ރައްދު ދޭނެ ވަގުތާއި ދާއިރާއާ މެދު މެމްބަރުން ބަހުސް ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.  އަސްކަރީ ގޮތުން ހަމަލާދިނުމުގެ އިތުރުން ހަނގުރާމައިގެ ކެބިނެޓުން ދަނީ ދުނިޔޭގެ މައިދާނުގައި އީރާން އިތުރަށް އެކަހެރި ކުރުމަށް ޑިޕްލޮމެޓިކް ގޮތްތަކެއް ވެސް ވިސްނަމުންނެވެ.

ހަނގުރާމަވެރި ކެބިނެޓްގެ މުހިއްމު މެމްބަރެއް ކަމަށްވާ ބެނީ ގަންޓްޒް ވަނީ އީރާނުގެ ހަމަލާއަށް އަވަސް ރައްދު ދިނުމަށް ބާރުއަޅާފައެވެ.

ގަންޓްޒް ގަބޫލުކުރާ ގޮތުގައި އީރާނުގެ ހަމަލާއަށް އިސްރާއީލުން ދޭ ރައްދު ލަސްވި ވަރަކަށް އެފަދަ ހަމަލާއަކަށް ބައިނަލްއަގްވާމީ ތާއީދު ހޯދުމަށް ދަތިވާނެ ކަމަށް މަސްދަރުތަކުން ބުނެ އެވެ.  އަސްކަރީ ރައްދު ދީގެން ހާލަތު އިތުރަށް ގޯސް ނުކުރުމަށް ގިނަ ގައުމުތަކުން މިހާރު ވެސް ދަނީ އިސްރާއީލަށް އިންޒާރު ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved