March 9, 2026
Advertisement
.
. / ރޮއިޓަރސް

ބްރިޖު ވެއްޓުނު ސަރަހައްދުން އިތުރު މީހެއްގެ ހަށިގަނޑު ހޯދައިފި

Azzama
އައްޒާމާ
Apr 17, 2024, 12:58 AM

މިދިޔަ މަހު އެމެރިކާގެ ބާލްޓިމޯ ބްރިޖް ވެއްޓުނު ހާދިސާގައި ކަނޑުއަޑިން ހަތަރުވަނަ މީހަކު ހޯދައިފި އެވެ.

Advertisement

ފްރާންސިސް ސްކޮޓް ކީ ބްރިޖް ވެއްޓުނީ މާޗް މަހުގެ 26 ވަނަ ދުވަހު ބޮޑު އާގު ބޯޓެއްގައި ޖެހިގެންނެވެ . އެހާދިސާ ގައި ހަ މީހަކު މަރުވެފަ އެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގެއް އެފްބީއައި އިން ހުޅުވާލާފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވެ އެވެ.

ތަހުގީގުގައު އެ ހާދިސާ ހިނގުމަށް މެދުވެރިވި ހާލަތްތައް ބަލާނެއެވެ.

އެ ދުވަހުން ފެށިގެން ފެޑެރަލް އެޖެންޓުން އެތަނަށް ހާޒިރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އާގުބޯޓު ބްރިޖުގައި ޖެހި، ތިރީގައި އޮތް ފެންގަނޑަށް ވައްޓާލި އިރު، ބްރިޖުގައި 8 ކޮންސްޓްރަކްޝަން މަސައްކަތްތެރިން ތިއްބެވެ.

އެދުވަހު ދެ މީހަކު ސަލާމަތް ކުރިއިރު، އޭގެ ދެ ދުވަސް ފަހުން އިތުރު ދެ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ތިންވަނަ ހަށިގަނޑެއް ކަމަށްވާ މޭނަރ ޔާސިރު ސުއާޒޯ ސަންޑޯވަލްގެ ހަށިގަނޑު ފެނިފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ.

"ގެއްލިފައިވާ ފުރާނަތަކާ މެދު ހިތާމަކޮށް ރިކަވަރީ އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ގެއްލިފައިވާ ކޮންމެ ފަރުދަކީ މީހެއްގެ ލޯބިވާ ރަހުމަތްތެރިއެއް ނުވަތަ އާއިލާގެ މެމްބަރެއްކަން އަހަރެމެން ދަންނަންޖެހޭ" މެރީލޭންޑް ޑިޕާޓްމަންޓް އޮފް ސްޓޭޓް ޕޮލިސްގެ ސުޕައިންޓެންޑެންޓް ކާނަލް ރޯލަންޑް ބަޓްލަރ ޖޫނިއާ ހޯމަ ދުވަހުގެ ހަވީރު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved