May 2, 2026
Advertisement
ނަޒޫ ފައިސަލް އާއެކު
ނަޒޫ ފައިސަލް އާއެކު / އެޑިޝަން.އެމްވީ

ނަޒޫއަށް ގޮނޑި ގެއްލުވާލީ ފައިސަލް: މަހުލޫފް

Aishath Naja
އައިޝަތު ނަޖާ
Apr 24, 2024, 07:44 PM
މާލެ ސިޓީ

20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒުރާ ނަސީމް (ނަޒޫ) އަށް ގޮނޑި ގެއްލުނީ އޭނާގެ ބޭބެ އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ސަބަބުން ކަމަށް ވިދާޅުވެ، އޭނާގެ ފިރިކަލުން ކުރީގެ ޔޫތް މިނިސްޓާރ އަހުމަދު މަހުލޫފު ފައިސަލް އަށް ތުހުމަތުކުރައްވައިފި އެވެ.

Advertisement

އާދިއްތަ ދުވަހު ބޭއްވިގެން ދިޔަ އިންތިހާބު ނަޒޫއަށް ނާކާމިޔާބުވީ އެންމެ 48 ވޯޓުގެ ތަފާތުންކަން ފާހަގަކޮށްލެވެއެވެ.

އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ހުސައިން އެވެ.

މަހުލޫފު އެންމެ ފުރަތަމަ މި ތުހުމަތުތައް ކުރެއްވީ އެމްޑީޕީގެ އިސްވެރިން ތިބި ވަޓްސްއެޕް ގްރޫޕެއްގައެވެ. މަހުލޫފް އެ ގްެރޫޕްގައި ބުނެފައިވަނީ ފައިސަލް އެ ދާއިރާގެ މީހުންނަށާއި އާއިލާގެ މެންބަރުންނަށްވެސް ގުޅުއްވާ ނަޒޫއަށް ވޯޓު ނުލުމަށް އެދިފައިވާކަމަށެވެ.

ފައިސަލް ކަންތައް ކުރެއްވިގޮތުން މިކަމުގައި ނަޒޫގެ އާއިލާ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ޓީމު އޮތީ ދޫދޭގޮތަކަށް ނޫން ކަމަށާއި މި މައްސަލަ ބެލުމަށްފަހު އެމްޑީޕީ އިން ފައިސަލް އަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved