April 28, 2026
Advertisement
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ ޕާސްޕޯޓު ހިފަަހައްޓައިފި
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ ޕާސްޕޯޓު ހިފަަހައްޓައިފި / ސޯޝަލް މީޑިއާ

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ ޕާސްޕޯޓު ހިފަަހައްޓައިފި

Apr 28, 2026, 03:08 PM
މާލެ ސިޓީ

ރައީސް އޮފީހުގައި ކުރިން ސިޔާސީ މަގާމެއް ފުރި އައިޝަތު އީޝާ އަޝްރަފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފުލުހުން މިއަދު ވަނީ އީޝާ ދިރިއުޅޭ އެޕާޓްމަންޓަށް ގޮސް ޕާސްޕޯޓް ހިފެހެއްޓި ކަމުގެ ކޯޓު އަމުރު ހަވާލުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، އީޝާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޑޮކިއުމަންޓަރީ ތައްޔާރުކުރުމުގައި އިޝާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ. އީޝާ ރާއްޖޭން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އީޝާ ވަނީ ރައީސް އޮފީހާއި ދެ މިނިސްޓްރީގައި ސިޔާސީ މަގާމެއް އަދާކޮށްފައެވެ. އަދި އީޝާއަކީ ރައީސް މުއިއްޒުގެ އަރިސް މުވައްޒަފެއްކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved