April 28, 2026
Advertisement
އަދަދު ނޫހުން އާންމުންގެ އެހީއަށް އެދިއްޖެ
އަދަދު ނޫހުން އާންމުންގެ އެހީއަށް އެދިއްޖެ / ސޯޝަލް މީޑިއާ

އަދަދު ނޫހުން އާންމުންގެ އެހީއަށް އެދިއްޖެ

Apr 28, 2026, 02:44 AM
މާލެ ސިޓީ

ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "އަދަދު"އިން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Advertisement

އެ ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ހިންގަމުންދާ ޖިނާއީ ތަހުގީގަކަށް ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހަށް ރެއިޑް ޖަހާ ބަލާ ފާސްކުރަން ފަށާފައެވެ. 10 ގަޑިއިރުގެ އެ އަމުރާ އެކު ފުލުހުން ވަނީ އެ ނޫސް ހިންގުމަށް ގެންގުޅޭ ގިނަ އަދަދެއްގެ އާލާތްތައް އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން ދުވަހުގެ ތަވަލީ މަސައްކަތް ކުރަން ބޭނުންކުރާ ލެޕްޓޮޕް ފަދަ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާ އެހެންކަމުން މާދަމާ (28 އެޕްރިލް 2026) ވާ އަންގާރަ ދުވަހުވެސް އެނުހުގެ އޮފީހުގައި މަސައްކަތްކުރާނ ެގޮތް ނެތް ކަމަށާ އެ ނޫހަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަު ހުޅުވިފައިވާ ކަމަށާ ނުސް ހިންގުމަށް އާންމުންގެ އެހީ ބޭނުންވާ ކަމަށް އެ ނޫހުގެ ސިއީއޯ ހުސެއިން ފިޔާޒު އާންމުކުރި ވީޑިއޯއެއްގައި ވަނީ ބުނެފައެވެ.

މިދިޔަ މާޗް މަހުގެ އަށާވީސް ވަނަ ދުވަހު "އަދަދު" ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި މި ޑޮކިއުމަންޓްރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މުވައްޒަފަކު ވަނީ ރައީސް މުއިއްޒާއެކު ޒާތީ ގުޅުމެއް އޮތް ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި ޖިންސީ ގުޅުން ހިންގި ކަމަށާއި، ރައީސްގެ ފަރާތްޕުޅުން ކޮންމެ މަހަކުވެސް އޭނާއަށް ފައިސާ ދެމުންދިޔަ ކަމަށް އެ މުވައްޒަފު ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އޭނާއާ ދެވަނަ އަތްނބެއްގެ ގޮތުގައި ކައިވެނި ކުރުމަށް ރައީސް ހުށަހެޅުއްވި ކަމަށްވެސް އެ ޑޮކިއުމަންޓްރީގައި އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ މި މަސައްކަތުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އަދަދު" ނޫހުގެ އޮފީސް ބަލާފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓު އަމުރުގައި، އެ އޮފީހުން ސީދާ ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށް އެ ނޫހުގެ ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. ނަމަވެސް، ފުލުހުން އެ ތަނުގައި ހަރަކާތްތެރިވަމުންދަނީ އެ ޑޮކިއުމަންޓްރީއާ ގުޅުންހުރި ހެކިތަކެއް ހޯދުމަށް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved