April 29, 2026
Advertisement
ރައީސް މުއިއްޒުއާ އެއް ދުވަސްވަރެއްގައި "ވަރަށް" ގާތް ގުޅުމެއް އޮތްކަމަށްވާ އީޝާ ފުލުހަށް ހާޒިރުކުރަނީ!
ރައީސް މުއިއްޒުއާ އެއް ދުވަސްވަރެއްގައި "ވަރަށް" ގާތް ގުޅުމެއް އޮތްކަމަށްވާ އީޝާ ފުލުހަށް ހާޒިރުކުރަނީ! / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުއާ އެއް ދުވަސްވަރެއްގައި "ވަރަށް" ގާތް ގުޅުމެއް އޮތްކަމަށްވާ އީޝާ ފުލުހަށް ހާޒިރުކުރަނީ!

Apr 28, 2026, 10:22 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދުއާ ޒާތީ ގޮތުން އެއް ދުވަސްވަރެއްގައި ވަރަށް ގާތް ގުޅުމެއް އޮތް ކަމަށް އަޑުތައް ފެތުރިފައިވާ، ރައީސް އޮފީހުގެ ކުރިގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފު ފުލުހަސް ހާޒިރުކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އީޝާގެ ވަކީލު، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމުއާ ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، "އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އީޝާއަށް ވަނީ ޗިޓު ފޮނުވާފައެވެ.

އެގޮތުން ފުލުހުންގެ ޗިޓުގައި ބުނެފައިވަނީ "2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަ މުހައްމަދު މުއިއްޒު ގަޛުފުކޮށްފައިވާ ކަމަށް ތުހުމަތުކޮށް އާއިޝާ މިނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިރުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ" ކަމަށެވެ.

ފުލުހަށް ހާޒިރުވާން އީޝާއަށް އަންގާފައިވާއިރު އޭނާގެ ޕާސްޕޯޓުވެސް އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ. ޕާސްޕޯޓު ހިފެހައްޓަން ފުލުހުން ގެންދިޔަ ޗިޓުގައި ވަނީ އައިޝާ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވި ކަމަށެވެ. މީގެ އިތުރުން އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved