ޔޫކްރޭނަށް ފޮނުވާ އާ އަސްކަރީ އެހީގެ ޕެކޭޖުގެ ތެރެއިން ޕެންޓަގަން އިން ބުނާ ގޮތުގައި ޕެޓްރިއޮޓް އެއާ ޑިފެންސް މިސައިލްތަކާއި އާޓިލަރީ ވަޒަންތައް ޔޫކްރޭނަށް ފޮނުވުމަށް އަވަސްއަރުވާލަފައިވާ ކަމަށެވެ.
އެހެންނަމަވެސް ޕެޓްރިއޮޓް ސިސްޓަމްތައް ނުފޮނުވާނެ ކަމަށް ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ވައިގެ ނުރައްކަލަކާ ކުރިމަތިލާން ޕެޓްރިއޮޓްސް "އަވަސް އަވަހަށް" ބޭނުންވާ ކަމަށާއި "މިވަގުތު މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށާއި ސަލާމަތް ކުރަން ޖެހޭ" ކަމަށެވެ.
ހޮނިހިރު ދުވަހު ޔޫކްރޭނުން ބުނެފައިވަނީ ރަޝިޔާއިން ވަނީ ވައިގެ މަގުން އިތުރު ބޮޑު ހަމަލާއެއް ދީފައިވާކަމަށެވެ.
ޚާރްކިވްގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހޮސްޕިޓަލަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ތިން ސަރަހައްދެއްގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް އެނާޖީ މިނިސްޓަރު ޖަރުމަން ގަލޫޝްޗެންކޯ ވިދާޅުވެއްޖެ އެވެ.
ރަޝިޔާއިން ހަމަލާދިނީ ކްރޫޒް މިސައިލްތަކާއި އެސް-300 ސަރފޭސް ޓު އެއާ މިސައިލްތަކާއި އިސްކަންދަރު ބެލިސްޓިކް މިސައިލްތަކުން ކަމަށާއި 21 މިސައިލް ވައްޓާލާފައިވަނީ މަތިންދާބޯޓާއި އެއާ ޑިފެންސް ސިސްޓަމް އަދި ޖޭމިން ބޭނުންކޮށްގެން ކަމަށެވެ.
ޔޫކްރޭނުން ވަނީ ބޯޑަރު ހުރަސްކޮށް ރަޝިޔާގެ ދެ ތެޔޮ ރިފައިނަރީއަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. ރަޝިޔާގެ ކްރަސްނޯޑާ ސަރަހައްދުގެ އެއް ފޫޓޭޖުން ބޮޑު ގޮވުމެއް ގޮވި ކަމަށް ފެނުނު ނަމަވެސް ލޯކަލް އޮތޯރިޓީތަކުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން ދޮގުކޮށްފަ އެވެ.
ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނެފައިވަނީ ރަޝިޔާގެ ބިމުގެ މަތިން ޔޫކްރޭންގެ 68 ވަރަކަށް ޑްރޯން ވައްޓާލާފައިވާ ކަމަށެވެ.