March 10, 2026
Advertisement
.
. / ރޮއިޓަރސް

މީހަކު ހައްޔަރުކުރަން އުޅުމުގެތެރޭގައި ގަތަރު ފުލުހުން މަރާލައިފި

Azzama
އައްޒާމާ
May 1, 2024, 12:13 AM

އެމެރިކާގެ ނޯތު ކެރޮލައިނާގެ ޝާލޮޓްގެ ގެއެއްގައި ފިލައިގެން އުޅޭ މީހަކު ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރަމުން ދަނިކޮށް ހިނގި ބަޑިޖެހުމުގައި ހަތަރު އޮފިސަރަކު މަރުވެ ހަތަރު މީހަކު ޒަހަމްވެއްޖެއެވެ.

Advertisement

އޮފިސަރުންނަށް ބަޑިޖެހި މީހާ ވެސް ބަޑިޖެހުމުގެ ތެރޭގައި މަރުވެފައިވާއިރު، ހޯމަ ދުވަހު ހިނގި ހަމަނުޖެހުމަކަށް ފަހު އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝާލޮޓް-މެކްލެންބާގް ޕޮލިސް ޑިޕާޓްމަންޓް (ސީއެމްޕީޑީ) އިން ބުނެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމީހާއަކީ އުމުރުން 39 އަހަރުގެ ޓެރީ ކްލާކް ހޫޒް ޖޫނިއާ އެވެ.

އޭނާ ހޯދަމުން ދިޔައީ ކުށްވެރިއެއްގެ ފަރާތުން ބަޑިއެއް ގެންގުޅުމާއި ނޯތު ކެރޮލައިނާގެ ލިންކަން ކައުންޓީން ފިލައިގެން ދިއުމުގެ ކުށުގައި ކަމަށް ފުލުހުން ލިޔެފައިވެ އެވެ.

މަރާލާފައިވާ އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކީ އެމެރިކާގެ މާޝަލްސް ފިއުޖިޓިވް ޓާސްކް ފޯސްގެ މެމްބަރުންނެވެ. ދެ އޮފިސަރުން ކަމަށްވާ ސޭމް ޕޮލޯޗޭ އާއި އަލްޑަން އެލިއަޓް ނޯތު ކެރޮލައިނާ ޑިޕާޓްމަންޓް އޮފް އެޑަލްޓް ކަރެކްޝަންގައި މަސައްކަތް ކުރިއިރު ނަން ހާމަނުކުރާ އޮފިސަރަކީ އެމެރިކާގެ ޑެޕިއުޓީ މާޝަލްއެއް ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެއެވެ.

މި ހާދިސާގައި ސީއެމްޕީޑީގެ އޮފިސަރު އަދި 6 އަހަރުގެ ވެޓެރަން ޖޯޝުއާ އަޔަރ ވެސް ވަނީ މަރުވެފައެވެ.

ޝާލޮޓް މެކްލެންބާގްގެ ޕޮލިސް ޗީފް ޖޯނީ ޖެނިންގްސް ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަނިޔާވި ތިން އޮފިސަރުންގެ ހާލު ސްޓޭބަލް ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved