March 10, 2026
Advertisement
-
- / އޭޕީ

ޗައިނާ ކޯސްޓްގާޑުން ފިލިޕީންސްގެ ބޯޓަކަށް ހަމަލާދީފި

Azzama
އައްޒާމާ
May 1, 2024, 12:13 AM

ޗައިނާގެ ކޯސްޓްގާޑުން އަންގާރަ ދުވަހު ފެން ބަޑި ޖަހައި ފިލިޕީންސްގެ އުޅަނދަކަށް ގެއްލުން ދީފައިވާކަމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

Advertisement

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ މި ހާދިސާ ހިނގާފައިވަނީ ފިލިޕީންސްގެ މައި ޖަޒީރާ ލުޒޯންގެ ހުޅަނގުން 130 މޭލު (200 ކިލޯމީޓަރު) ދުރުގައި އޮންނަ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހިލަގަނޑެއް ކަމަށްވާ ސްކާބަރޯ ޝޯލް ކައިރީގައި އެގައުމުގެ ބޯޓަކާއި މަސްވެރިކަމުގެ އިދާރާގެ އުޅަނދަކުން "ޕެޓްރޯލް" ކުރަމުން ދަނިކޮށް މެނީލާގެ އެކްސްކްލޫސިވް އިގްތިސާދީ ސަރަހައްދުގެ ތެރޭގަ އެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ފޯރުކޮށްދިން ވީޑިއޯއިން ފެންނަ ގޮތުގައި ޗައިނާގެ ބޮޑު ދެ އުޅަނދަކުން ފިލިޕީންސްގެ ބޯޓުގެ ދެކޮޅުން ފެން ބަޑި ޖަހަމުން ދިޔަ އެވެ.

"ފިލިޕީންސްގެ އުޅަނދުތަކަށް ނުރައްކާތެރި މެނިއުވަރތަކާއި ހުރަސްތަކެއް ކުރިމަތިވީ ޗައިނާގެ ކޯސްޓްގާޑްގެ ހަތަރު އުޅަނދަކާއި ޗައިނާގެ މެރިޓައިމް މިލިޝިއާގެ ހަ އުޅަނދަކުން،" ފިލިޕީންސްގެ ކޯސްޓްގާޑްގެ ތަރުޖަމާނު ކޮމޮޑޯ ޖޭ ޓަރިއެލާ އެ ބަޔާނުގައި ވިދާޅުވި އެވެ.

ފިލިޕީންސްގެ ކޯސްޓްގާޑް ބޯޓުގެ "ރެއިލިން އާއި ކެނޮޕީއަށް ގެއްލުން" ލިބިފައިވާ ކަމަށް އެ ބޯޓުގެ ބަޔާނުގައިވެ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސޯޝަލް ޕްލެޓްފޯމް ވެއިބޯގައި އަންގާރަ ދުވަހު ޗައިނާގެ ކޯސްޓްގާޑުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ފިލިޕީންސްގެ އުޅަނދުތައް ގަވާއިދާ ހިލާފަށް ކަނޑުގެ ސަރަހައްދަށް ވަނުމުން ފޮނުވާލީ "ގާނޫނާ އެއްގޮތަށް" ކަމަށެވެ.

ބައިނަލްއަގްވާމީ ކޯޓުގެ ހުކުމަކަށް ބެލުމެއްނެތި ބެއިޖިން އިން ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގެ މިލްކުވެރިކަމަށް ދައުވާކުރެއެވެ. ފާއިތުވި ވިހި އަހަރު ތެރޭގައި ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް އެގައުމުގެ އައްސޭރިފަށާ ދުރުގައި ގިނަ އަދަދެއްގެ އޮޅުން ބޮޅުން ބޮޑު ފަރުބަދަތަކާއި އެޓޯލްތައް މިލްކުކޮށް ރަންވޭތަކާއި ބަނދަރުތައް ހިމެނޭ ގޮތަށް އަސްކަރީ އިންސްޓޯލޭޝަންތައް ބިނާކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved