March 10, 2026
Advertisement
.
. / ރޮއިޓަރސް

އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ދެ ހަފްތާތެރޭ ދެވަނަ ފަހަރަށް ގޮވައިފި

Azzama
އައްޒާމާ
May 2, 2024, 12:51 AM

އިންޑޮނޭޝިއާގެ މައުންޓް ރޫއަންގް އަލިފާންފަރުބަދަ ދެ ހަފްތާ ތެރޭގައި ދެވަނަ ފަހަރަށް އަންގާރަ ދުވަހު ގޮވައި، ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރަށް އުޑުމައްޗަށް އަޅި އުކާލައި އޭގެ ސަބަބުން އެއާޕޯޓެއް ބަންދުވެފައިވެއެވެ.

Advertisement

ސުލަވޭސީ އައިލެންޑްގައި ހުރި އަލިފާންފަރުބަދައިގެ އެލާޓް ލެވެލް އަނެއްކާވެސް އެންމެ މަތީ ދަރަޖައަށް އުފުލާލީ އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް ސާވިސްއިން، އަލިފާންފަރުބަދައިގެ ހަރަކާތްތައް އިތުރުވަމުންދާކަން ސެންސަރުތަކުން ހޯދުމުންނެވެ. އެ އިދާރާއިން ވަނީ އަލިފާން ފަރުބަދަ ފަށަލައާ މަދުވެގެން 6 ކިލޯމީޓަރު (3.7 މޭލު) ދުރުގައި ތިބުމަށް ރައްޔިތުންނާއި ފަރުބަދައަށް އަރާ މީހުންނަށް އިލްތިމާސްކޮށްފަ އެވެ.

އުތުރު ސުލަވޭސީ ޕްރޮވިންސްގެ 725 މީޓަރު (2،378 ފޫޓު) ގެ އަލިފާންގަނޑު ހުންނަނީ އެ ޕްރޮވިންސްގެ ވެރިރަށް މަނަޑޯގެ ސޭމް ރަޓޫލަންގީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިރުއުތުރުން ގާތްގަނޑަކަށް 95 ކިލޯމީޓަރު (59 މޭލު) ދުރުގަ އެވެ.

ރީޖަނަލް އެއާޕޯޓް އޮތޯރިޓީގެ ވެރިޔާ އަމްބަރު ސުރިއޯކޯ ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު އެއާޕޯޓް ބަންދުކޮށްފައި ވަނީ ފެންނަން ހުރި ތަންތަން މަދުވުމާއި އަޅިން މަތިންދާބޯޓުގެ އިންޖީނަށް ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved