March 10, 2026
Advertisement
ޝޮއިގޫ އަދި ޕޫޓިން
ޝޮއިގޫ އަދި ޕޫޓިން / ރޮއިޓަރސް

ރަޝިޔާގެ ޑިފެންސް މިނިސްޓަރު ޝޮއިގޫ މަގާމުން ވަކިކޮށްފި

Azzama
އައްޒާމާ
May 14, 2024, 12:19 AM

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން އޭނާގެ ޑިފެންސް މިނިސްޓަރު އަދި ގިނަ ދުވަސްތަކެއް ވަންދެން ގާތް އެކުވެރިއެއް ކަމަށްވާ ސާގޭ ޝޮއިގޫގެ ބަދަލުގައި އިގްތިސާދީ މާހިރަކު ވައްދަވައިފި އެވެ.

Advertisement

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އާދީއްތަ ދުވަހު ވިދާޅުވީ ކުރީގެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އަދި އިގްތިސާދީ ދާއިރާއަށް ޚާއްސަ އެންޑްރީ ބެލޫސޯވް ޑިފެންސްގެ އެންމެ މަތީ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޕެސްކޯވް އެ ފިޔަވަޅު ކުޑަކޮށްލަން މަސައްކަތް ކުރި ނަމަވެސް މި ބަދަލު ގެނެސްފައި ވަނީ ވެރިކަމުގެ އެންމެ މަތީ ފަންތީގައި އެތެރޭގެ ތަޅާފޮޅުން ހިނގާ ކަމަށް ޝައްކު ކުރެވޭ ދަނޑިވަޅެއްގަ އެވެ. ހަމަ މިދިޔަ މަހު ޑިފެންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޝޮއިގޫގެ ޕްރޮޓެޖީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެކަކު ހައްޔަރުކޮށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވެ އެވެ.

ރިޔާސީ އަމުރަކުން ޝޮއިގޫ މަގާމުން "ލުއި" ލިބުނު ނަމަވެސް، ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީގެ މަގާމުގައި ޕޫޓިންގެ ވެރިކަމުގެ ނުފޫޒުގަދަ ބައެއްގެ ގޮތުގައި އޭނާ ދެމިހުންނާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved