March 10, 2026
Advertisement
.
. / ރޮއިޓަރސް

އިސްރާއީލު ސިފައިން އަލުން ޖަބަލިޔާއަށް ވަދެއްޖެ

Azzama
އައްޒާމާ
May 14, 2024, 12:19 AM

އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާސް އަލުން ގުރޫޕްވެފައިވާ ކަމަށް ބުނާ ސަރަހައްދުތަކަށް އަނބުރާ ގޮސްފައިވާއިރު، ޣައްޒާގެ އުތުރުގެ ޖަބަލިއާގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

ފިލައިގެން ދިޔަ ރައްޔިތުން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބޮޑެތި ބޮމުގެ ހަމަލާތައްދީ ޖަބަލިއާގެ ރެފިއުޖީ ކޭމްޕާ ދިމާލަށް ޓޭންކްތައް ކުރިއަށް ދިޔަތަން ފެނިފައިވާ ކަމަށެވެ.

ހަމާސްގެ އަސްކަރީ ވިންގުން ވެސް ވަނީ ކޭމްޕުގެ އިރުމަތީގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސިފައިންނާ ހަނގުރާމަ ކުރަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހަމަލާތައް ފެށިފަހުން، ދެކުނުގެ ރަފާއިން 360،000 މީހުން އެހެން ހިސާބުތަކަށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ.

ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދާ ސިޓީގެ އިރުމަތިން ތިންބައިކުޅަ އެއްބައި މީހުން ހުސްކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަމުރުކޮށްފައިވެއެވެ.

ރަފާހު ވަށައިގެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިހާރު ގެދޮރު ގެއްލިފައިވާ މީހުން ކައިރީގައި އޮންނަ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ އަލްމަވާސީ އާއި ޚާން ޔޫނިސް ސިޓީއާ ދިމާއަށް ދިއުމަށް ބުނި ނަމަވެސް އެމީހުންނަށް އެހީތެރިވުމަށް އަސާސީ ހިދުމަތްތައް ނެތް ކަމަށް އދ. އިން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved