March 10, 2026
Advertisement
ދިވެހި ބަސް މުއްސަނދި ކުރުމަށް "ށ" އިން ބަސް އުފައްދަން ނުޖެހޭ: ޔުމްނާ މައުމޫން
ދިވެހި ބަސް މުއްސަނދި ކުރުމަށް "ށ" އިން ބަސް އުފައްދަން ނުޖެހޭ: ޔުމްނާ މައުމޫން / ސޯޝަލް މީޑިއާ

ދިވެހި ބަސް މުއްސަނދި ކުރުމަށް "ށ" އިން ބަސް އުފައްދަން ނުޖެހޭ: ޔުމްނާ މައުމޫން

Aminath Zara
އައިމިނަތު ޒާރާ
May 25, 2024, 12:46 AM
މާލެ ސިޓީ

ދިވެހި ބަހުގައި "ށ" ގެ އަޑު އޮތް ނަމަވެސް "ށ" އިން ފެށޭ ބަހެއް ނެތުމަކީ ބަހުގެ ޚާއްސަ ސިފައެއް ކަމަށް ކުރީގެ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Advertisement

ޔުމްނާގެ އެކްސް އެކައުންޓްގައި ކުރައްވާފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދިވެހި ބަސް މުއްސަނދި ކުރުމަށް "ށ" އިން އާ ލަފްޒުތައް ހަދަން ނުޖެހޭ ކަމަށާއި އެފަދައިން ކަންތައް ކުރުމުން ގެއްލިގެން ދަނީ އެ ބަހަށް ލިބިފައިވާ ޚާއްސަ ސިފަކަމަށެވެ.

ދިވެހި ބަސް މުއްސަނދި ކުރުމަށް "ށ" އިން ފެށޭ 05 ބަސް އުފެއްދުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރަލް އެންޑް ހެރިޓޭޖް އިން ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ޔުމްނާ އިތުރަށް ފާހަގަކޮށްފައިވަނީ ދިވެހި ބަހަކީ މިހާރުވެސް މުއްސަނދި ބަހެއް ކަމަށާއި، ދިވެހި ބަސް ހީނަރުވަމުންދަނީ ބަސް ރަނގަޅަށް އުނގަންނައި ނުދެވޭތީކަމަށެވެ.

ދިވެހި ބަސް ދަސްކޮށްދީ އާލާ ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. ބަހުގެ ހަމަތަކާއި ލިޔުންތެރިކަން ކުޑައިރުއްސުރެ ކުދިންނަށް އުނގަންނައިދޭން އެބަޖެހެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved